މީދޫ ކައުންސިލުން މިއަހަރުވެސް އިހްޔާ ފޯރަމް

big_MaYrOaAhqukYNZ8EwfSqbORFE.jpg

ފާއިތުވެ ދިޔަ ރަމަޟާން މަހެކޭ އެއްގޮތަށް މިއަހަރު ގެ ރަމަޟާން މަހު އިއްޔާފޯރަމް ބާއްވަން ނިންމައިފި އެވެ.

މީދޫ ކައުންސިލުން ހާމަކުރި ގޮތުގައި މިއަހަރުގެ ރަމަޟާން މަހު އެކައުންސިލްގެ ފަރާތުން 4 އިހްޔާ ފޯރަމް ބާއްވައެވެ. މިއީ އެރަށު ކައުންސިލާއި އުންމީދު ޖަމިއްޔާއިން ގުޅިގެން ކުރިއަށް ގެންދާ ފޯރަމެކެވެ.

މި އަހަރުގެ އިޙްޔާ ފޯރަމް ބާއްވަން ހަމަޖެހިފައިވަނީ އާއްމުންނަށް ބައިވެރިވެވޭ ގޮތަށް ދީނީ މަޢުލޫމާތު ދިނުމުގެ ސެޝަންތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ދީނީ އިލްމުވެރިން މެދުވެރިކޮށް އެކި މައުޟޫޢުތަކަށް ވާހަކަދެއްކުމާއި، މަޢުލޫމާތުދިނުން ހިމެނެއެވެ. އަދި އެ މައުޟޫއަކާއި ގުޅޭގޮތުން ސުވާލުކުރުމުގެ ފުރުސަތު އާއްމުންނަށްދީ، އާންމުންގެ ބައިވެރިވުން ފުރިހަމައަށް ހިމެނޭގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.

މީދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ އިޙްޔާ ފޯރަމްތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް ވަނީ ކައުންސިލުގެ މަސައްކަތްތަކަށް ސާބަސް ދެއްވާ ހިތްވަރު ދެއްވާފައެވެ.

މީދޫ ކައުންސިލުން ވިދާޅުވީ، މި އަހަރުގެ އިޙްޔާ ފޯރަމްގައި ރައްޔިތުންނަށް ދީނީ މައުލޫމާތު ދެއްވާނީ ރާއްޖޭގައި ތިބި  ދީނި އިލްމުވެރިން ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top