ބ.އަތޮޅު ތައުލީމި މަރުކަޒަށް 47 އަހަރު ފުރުން ފާހަގަކޮށްފި

DSC8749.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒަށް 47 އަހަރުފުރުން މިއަދު އެސްކޫލްގައި ފާހަގަކޮށްފިއެވެ.

މި މުނާސަބާ ފާހަގަކުރުމުގެ ރަސްމިއްޔާތު ފެށުމުގެ ގޮތުން ސްކޫލްގެ ދަރިވަރުން ވަނީ ޖަމާއަތުގައި ފަތިސްނަމާދު އަދާކޮށްފަ އެވެ. އެއަށް ފަހު ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ސްކޫލުގައި ހެނދުނު ވަނީ ޚާއްސަ އެސެމްބްލީއެއް ބާއްވާފަ އެވެ.

މި އެސްމްބްލީ ޝަރަފްވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ލެކްޗަރާ އަދި އެ ސްކޫލްގެ ކުރީގެ ދަރިވަރު ނޫރާ ޚަލީލެވެ.

އެސެމްބްލީގައި ވާހަކަ ދައްކަވަމުން ނޫރާ ވިދާޅުވީ އޭނާއަށް ލިބުނު އެނެމް ބޮޑު ޝަރަފަކީ އެސްކޫލުން ދަރިވަރުވުން ކަމަުގައެވެ.

”އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އުފަލަކީ ނުވަތަ އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ޝަރަފަކީ މި ސްކޫލުން ދަރިވަރުވުން. ކާމިޔާބު ދިރިއުޅުމަށް އަޅުގަނޑަށް މަގުފަހިކޮށްދިނީ މި ސްކޫލް.“ދަރިވަރުންނާ މުޚާތަބު ކުރައްވައި ނޫރާ ވިދާޅުވިއެވެ.

ނޫރާ ވިދާޅުވީ ކިޔެވުމާއެކު ދުޅަހެޔޮ ދިރިއުޅުމަކަށްޓަކާ ކުޅިވަރުވެސް ކުޅެން ޖެހޭކަން ފާހަގަކުރައްވާފައެވެ. އެހެން ނަމަވެސް އެންމެ އިސްކަން ދޭން ޖެހޭނީ ކިޔަވުމަށްކަން ފާހަގަކުރެއްވި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހުމަދު ރަފީއު ވިދާޅުވީ އެ ސްކޫލުން އަބަދުވެސް މަސައްކަތް ކުރަނީ މިމަރުކަޒުން ނުކުންނަ ދަރިވަރުންނަކީ ތައުލީމީ ގޮތުންނާއި އަޚްލާގީ ގޮތުން ނަމޫނާ ދަރިވަރުންތަކެއް އުފެއްދުމަށް ކަމަށެވެ.

ޕްރިންސިޕަލް ރަފީއު ވަނީ އެ ސްކޫލުގައި މިދިޔަ 46 އަހަރު އެ ސްކޫލުގައި އެކި ދުވަސްތަކުގައި ހިދުމަތް ކޮށްދެއްވި ޕްރިންސިޕަލުންނާއި ޓީޗަރުންނަށް އަދި އެ ސްކޫލުން ތައުމީމު ހާސިލުކުރި ދަރިވަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒަކީ ރާއްޖެތެރޭގައި ބ އަތޮޅު ކޮމިއުނިޓީސްކޫލްގެ ނަމުގައި ޔުނިސެފްގެ އެހީގައި ދިވެހި ސަރުކާރުން އިމާރާތްކޮށްދެއްވި ފުރަތަމަ، ނަމޫނާ ސްކޫލެވެ. 24 ފެބްރުއަރީ  1978 ވަނަ އަހަރު  ސްކޫލް ހުޅުއްވައިދެއްވީ އޭރުގެ މިނިސްޓާ އޮފް އެޑިޔުކޭޝަން އޮނަރަބްލް އަބްދުއްސައްތާރު މޫސާ ދީދީ އެވެ. 58 ދަރިވަރުންނާއި، 3 މުދައްރިސުންނާއި ހެޑްމާސްޓަރަކާ އެކު ހުޅުވި އަހަރު ކިޔަވައިދެއްވީ ހަމައެކަނި ގްރޭޑް 1 އަށެވެ. ސްކޫލްގައި މިހާރު 750އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top