އޭދަފުށީ އަންހެނުން ކޮމެޓީން ރޯދަމަހު ބާއްވަނީ މަދަހަ މުބާރާތެއް

DSCN1968ޮިު.jpg

މަދަހަ މުބާރާތެއްގެ ތެރއިން ކުރީގެ ރޯދަ މަހަކު އޭދަފުށީ އަންހެނުން ކޮމެޓީން ބޭއްވި މަދަހަ މުބާރާތެއްގެ ތެރެއިން

އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައަކަތްކުރާ ކޮމެޓީން ރޯދަމަހަށް ޚާއްސަކޮށް މަދަހަ މުބާރާތެއް ބޭއްވުމަށް ނިންމައި މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

މި މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ދެބަޔަކަށެވެ. އެއީ ސްކޫލް ކުދިންނާއި އާއްމުންނަށްވެސް ބައިވެރިވެވޭ ގޮތަށެވެ. ސްކޫލްކުދިންގެ ތެރެއިން ފައުންޑޭޝަނުން ފެށިގެން ކީސްޓޭޖް 1 ،2 ،3، 4 އާހަމައަށެވެ.  އާއްމުންގެ ތެރއިން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށްވެސް މި މުބާރާތުގައި ބައިވެރިވެވޭނެ ކަމަށް ކޮމެޓީން މައުލޫމާތު ދެއްވައެވެ.

މަދަހަ މުބާރާތުގައި ސޯލޯ، ޑުއެޓް އަދި ގްރޫޕް މަދަހަވެސް ހުށަހެޅޭނެ އެވެ.

މަދަހަ މުބާރާތުގެ މަގުސަދު ހާމަކުރައްވަމުން އަންހެނުން ކޮމެޓީގެ ރައީސް ޒީމާ ވިދާޅުވީ މި މުބާރާތުގެ މަގުސަދަކީ ރަށުގެ ހުރިހާ އުމުރުފުރައެއްގެ މީހުންގެ މެދުގައިވެސް މަދަހަ ކިޔުމަށް ޝައުގުވެރިވާ ބަޔަކު އުފެއްދުމާއި، ވާދަވެރި ގޮތެއްގައި ހުނަރު ދައްކައިލުމަށް މަގުފަހިކޮށް ދިނުން ކަމަށެވެ.

މުބާރާތުގައި ބައިވެރިވާން ހުޅުވާލާފައި ވަނީ މި މަހުގެ 16 އާއި ހަމައަށެވެ. މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީވާނީ :
Solo madhaha https://forms.office.com/r/aQ9P2yTQmP
Group madhaha https://forms.office.com/r/2ihVJGt5Ru
މި ލިންކް މެދުވެރިކޮށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top