ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝައިޚް އަހުމަދު ސަމީރުގެ ދީނީ ދަރުސެއް މާދަމާރޭ އޭދަފުށިގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އޭދަފުށި ކައުންސިލާއި ފޭލި ޖަމިއްޔާ އަދި ސަލަފް ޖަމިއްޔާ ގުޅިގެން ބާއްވާ މި ދަރުސް އޮންނާނީ މާދަމާރޭ 8:30 ގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގަ އެވެ. ދަރުސް ދެއްވަން ހަމަޖެހިފައިވަނީ ”ނަސީބު“ މި މައުޟޫއަށެވެ.
މި ދަރުސް އަޑުއެހުމަށް ވީހާވެސް ގިނަ ފަރާތްތަކުން ހާޒިރުވުމަކީ ދަރުސް އިންތިޒާމްކުރާ ފަރާތްތަކުގެ ވަރަށް ބޮޑު އެދުމެކެވެ.