100ރުފިޔާގެ އާ ނޫޓް އަންނަ އާދިއްތަ ދުވަހު ނެރެނީ

b_XvaNJ4hV7NOwc5IuR74sfUwtp.jpg

އަލަށް ބޭނުންކުރާ 100 ރުފިޔާގެ ނޫޓު -- ފޮޓޯ: އެމްއެމްއޭ

ރަންދިހަފަހެއް ސީރީޒްގެ 100 ރުފިޔާގެ އާ ނޫޓު، ދައުރުވާ ފައިސާގެ ގޮތުގައި އަންނަ އާދީއްތަ ދުވަހުން ފެށިގެން ބޭނުންކުރަން ފަށާނެ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިއުލާން ކޮށްފިއެވެ.

އެމްއެމްއޭ އިން މިއަދު ބުނީ އެ ފައިސާ ނޫޓަކީ، 15 ޑިސެމްބަރު 2024 ގައި، ސްޓޮކް މަދުވުމުގެ ސަބަބުން ގެނައި ނޫޓުތައް ކަމަށެވެ.

އެ ނޫޓުތަކުގެ މޫނުމަތީ އަގާއެކު ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށާއި، އެ ނޫޓުގައި ސޮއިކުރައްވާފައިވަނީ ކުރީގެ ގަވަރުނަރު، އަލީ ހާޝިމް ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އެ ނޫޓުތަކުގައިވާ ތާރީހަކީ 7 ޖުލައި ،2024 އަދި 1 މުހައްރަމް 1446 އެވެ.

މި ނޫޓުތަކާއެކު މިހާރު ދައުރުވަމުންދާ 100 ރުފިޔާގެ ނޫޓުތައްވެސް ދައުރުވަމުންދާނެކަމަށް އެމްއެމްއޭ އިން މައުލޫމާތުދެ އެވެ.

ޑިސެމްބަރު 2022 ގައިވެސް ދިވެހި ރުފިޔާގެ ނިޝާން ޖަހައިގެން ފުރަތަމަ ފަހަރަށް ނޫޓުތަކެއް ދައުރުކުރަން ފެށިއެވެ. ރުފިޔާގެ ނިޝާން ޖަހައިގެން އޭރު ދައުރުކުރަން ފެށީ ސްޓޮކް މަދުވެގެން އޭރު އަލަށް ޗާޕުކުރި 50 ރުފިޔާގެ ނޫޓުތަކުގައެވެ. އެ ނޫޓުތަކުގައި ވެސް ސޮއިކުރައްވާފައިވަނީ އޭރުގެ ގަވަރުނަރު އަލީ ހާޝިމެވެ.

މިހާރު ބޭނުން ކުރަމުން އަންނަ ރަން ދިހަފަހެއް ނޫޓު ސީރީޒަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ނެރުނު ސީރީޒެކެވެ. ރަން ދިހަ ފަހެއްގެ ނޫޓް ސީރީޒްގައި ހިމެނެނީ 1000 ރުފިޔާގެ ނޫޓް، 500 ރުފިޔާގެ ނޫޓް 100 ރުފިޔާގެ ނޫޓް، 50 ރުފިޔާގެ ނޫޓް 20 ރުފިޔާ އަދި 10 ރުފިޔާގެ ނޫޓުގެ އިތުރުން ފަސް ރުފިޔާގެ ނޫޓެވެ. މި ނޫޓްތައް ތައްޔާރުކޮށްފައި ވަނީ ޕޮލީމާ މެޓީރިއަލް އިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top