ދިރާގުން ނެޓް ޕްރޮޓެކްޓް ތައާރަފުކޮށްފި

big_Yhjz05k7Uhv9tf6xrfMTKOx1H.jpg

އިންޓަނެޓް ބޭނުންކުރާއިރު ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން ދިރާގުން ”ނެޓް ޕްރޮޓެކްޓް“ ތައާރަފު ކޮށްފި އެވެ.

ދިރާގުން ބުނީ މި ޚިދުމަތާއެކު ރައްކާތެރި ނޫން ވެބްސައިޓްތަކާއި ލިންކުތަކާއި ސްކޭމް އީމެއިލްތަކާއި ރަނގަޅު ނޫން ވެބްސައިޓްތަކުން ދޭ ގެއްލުންތަކުން ރައްކާތެރިކަން ހޯދޭނެ ކަމަށެވެ.

ކަސްޓަމަރަކު މި ޚިދުމަތް ހޯދުމުން ރައްކާތެރި ނޫން ވެބްސައިޓާއި ލިންކްތައް ރައްކާތެރި ނޫންކަން ކަސްޓަމަރުންނަށް އަންގާނެ ކަމަށް ދިރާގުން ބުނެ އެވެ. މިޚިދުމަތުގެ ތެރެއިން ބައެއް ވެބްސައިޓްތައް ބްލޮކް ކުރުމުގެ އިޚުތިޔާރުވެސް ލިބޭނެ އެވެ.

ދިރާގުން ބުނީ މި ހިދުމަތުގެ ސަބަބުން، އެ ވެބްސައިޓް ނުވަތަ އެ ލިންކަކީ ރައްކާތެރި ލިންކެއް ނޫންނަމަ، އެކަން ކަސްޓަމަރުންނަށް އަންގާނެ ކަމަށެވެ. އަދި ކަސްޓަމަރުން ބޭނުންވާނަމަ، ވަކި ކަހަލަ ވެބްސައިޓްތައް ބްލޮކް ކުރުމުގެ އިހުތިޔާރު ވެސް މި ހިދުމަތުގެ ސަބަބުން ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ވަކި ވަގުތުތަކުގައި ވަކި ވެބްސައިޓްތަކަށް ނުވަތަ އެޕްތަކަށް ނުވަދެވޭ ގޮތަށް ވެސް ހެދިދާނެއެވެ. އަދި ކުޑަކުދިންނަށް ފެންނަން ބޭނުންނުވާ ފަދަ އެކި ވެބްސައިޓުތައް ބްލޮކް ކުރެވޭނެ ކަމަށެވެ. މިކަމުގެ ސަބަބުން ބެލެނިވެރިންނަށް ދަރިންގެ ރައްކާތެރިކަން ކަށަވަރު ކުރެވި، އިތުރު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

މޯބައިލް އިންޓަނެޓް އަދި ފިކްސްޑް ބްރޯޑްބޭންޑަށްވެސް ލިބޭ މި ޚިދުމަތް ކަސްޓަމައިޒް ކުރެވޭނީ ޕްރޮޓެކްޓް ޕޯޓަލްއިން އެކަންޏެވެ.

މި ޚިދުމަތް މިހާރު ނަގާނަމަ 30 ދުވަހަށް ހިލޭ ހިދުމަތް ލިބޭނެ އެވެ. ދިރާގުގެ ޕޭރަންޓަލް ކޮންޓްރޯލް ސާވިސް ނަގާފައިވާ ފަރާތްތައް ނެޓް ޕްރޮޓެކްޓަށް ބަދަލުކޮށްފައިވާ ކަމަށާއި އެ ފަރާތްތަކަށް 50 ޕަސެންޓްގެ ޑިސްކައުންޓެއް މުޅި އަހަރު ދުވަހަށް ލިބޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.

މި ޚިދުމަތް އެކްޓިވޭޓްކޮށް ބޭނުންކުރަން މޯބައިލް ކަސްޓަމަރުން މަހަކު 35 ރުފިޔާ ދައްކަން ޖެހެ އެވެ. އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުން މަހަކު 50 ރުފިޔާ ދައްކަން ޖެހެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top