މިއަހަރު ފެންނާނެ އެންމެ ބޮޑު ފުލްމޫން މިރޭ ފެންނާނެ ކަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިރޭ ފެންނާނީ ސުޕާ ހަންޓާޒް ފުލްމޫން ކަމަށާއި މިއީ މި އަަހަރު ފެންނާނެ ކަމަށްވާ އެންމެ ބޮޑު އަދި އެންމެ އަލިގަދަ ފުލްމޫން ކަމަށެވެ.
“މިރޭ ހަނދު އަރާނީ މިއަދު ހަވީރު 5:49 ގައި. އޮއްސޭނީ މާދަމާ ހެނދުނު 6:23 ގައި. ބައްލަވާ ލައްވާ،” އެކްސް ގައި މައުމޫން ވިދާޅުވި އެވެ.
ސުޕަ ހަންޓާޒް ފުލްމޫނަކީ އޮކްޓޯމަރު މަހު ފެންނަ ހަނދެކެވެ. މި ހަނދު ދުނިޔެއަށް ފެންނައިރު، އެހެން މަސް މަހުގެ ފުރިހަމަ ހަނދަށް ވުރެ ބޮޑުކޮށް ފެނެއެވެ.
މައުމޫނަކީ ފަލަކީ އިލްމު ދިރާސާ ކުރައްވާ ބޭފުޅެކެވެ.