ކަމަދޫގައި މޫދު ކުޅިވަރަށް ޚާއްސަ ޕާކެއް ހަދަނީ

img-9516.jpeg

ކަމަދޫ ވޯޓާ ޕާކް ހަދާ ސަރަހައްދު

ބ. ކަމަދޫގައި މޫދު ކުޅިވަރަށް ޚާއްސަ ޕާކެއް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

މޫދު ކުޅިވަރަށް ޚާއްސަ ޕާރކްގެ އީއައިއޭ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން މިހާރުވަނީ އިއުލާން ވެސް ކޮށްފައެވެ.

އެރަށު ކައުންސިލް ރައީސް ހަސަން ޒަރީރް ވިދާޅުވީ، މިއީ ކައުންސިލާއި ރަށުން ދޫކޮށްފައި ހުރި ބައެއް މަޝްރޫއުތަކުގެ ސީއެސްއާރްގެ ދަށުން ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަަމަށެވެ. އަދި މިއީ ކައުންސިލަށް މެންބަރުން އިންތިޚާބުވި ފަހުން، ކައުންސިލުން ރައްޔިތުންނާއި ބައްދަލުކޮށް ވޯޓާ ޕާކެއް ފަސް އަހަރުގެ ދައުރުގެ ތެރޭގައި ތަރަައްގީކޮށްދޭނެ ކަަމަށް ރައްޔިތުންނަށް ވެފައިވާ ވައުދާއި އެއްގޮތަށް ކުރެވޭ މަސައްކަތެއް ކަމަށް ޒަރީރު ވިދާޅުވިއެވެ.

”މިއީ ކައުންސިލްގެ ބަޖެޓުންނާއި، ދިރާގަށް ދޫކުރި ބިމެއްގެ ސީއެެސްއާރްއާއި ކައުންސިލްގެ ހިލޭ އެހީއާއި އެއްކޮށް އަޅުގަނޑުމެން ކުރިއަށް ގެންދަނީ،“ ޒަރީރުވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ މިތަން ތައްޔާރު ކުރާނީ ރައްޔިތުންނަށް މޫދަށްވެސް އެރެވޭ ގޮތަށް ކަމަށެވެ.

މި މަޝްރޫއަށް އަށްލައްްކަ އާއި އެއް މިލިއަން ރުފިޔާގެ ޚަރަދެއް ދާނެ ކަމަށް ކައުންސިލުން ލަފާކުރެއެވެ.

ވޯޓާ ޕާކްގެ ސާމާނު ގެންނަން، މީގެ މާ ކުރިން ބަޔަކާއި ހަވާލު ކޮށްގެން އެ ތަކެތި ރަށަށް ގެނައުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.

500 އެއްހައި މީހުން ދިރިއުޅޭ ކަމަދު އަކީ ފަތުރުވެރިންގެ އިތުރުން ދިވެހިންގެ މެދުގައިވެސް މަގުބޫލު ރަށެކެވެ. އަމުދުން މިއަހަރުގެ ބޮޑު އީދު ފާހަގަކުރުމަށް އެރަށުގައި ބޭއްވި ކުޅިވަރުތަކަށް ފަހު ކަމަދޫ ވަނީ ވަރަށް ބޮޑަށް މަޝްހޫރުވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top