ޖަމިއްޔާތަކުން ރަށްރަށަށްވެސް އެހީތެރިވުމަށް މިނިސްޓަރު ގޮވާލައްވައިިފި

WhatsApp-Image-2024-09-15-at-10.01.48_653f7c75-850x548-1.jpg

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް---

ރާއްޖޭގެ ޖަމިއްޔާތަކުން ބޭރުގެ އެކި ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފަދައިން ރަށްރަށަށްވެސް އެހީތެރިކަން ފޯރު ކޮށްދިނުމަށް އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފި އެވެ.

މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ފެށި ދީނީ އިޖުތިމާއީ މަސައްކަތްކުރާ ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖޭގައި ވެސް ޔަތީމުންނާއި އެކި އެކި އެހީތައް ބޭނުންވާ ފަރާތްތައް އެބަހުރި ކަމަށެވެ.

އެގޮތުން ކިތަންމެ ގުރުއާން ކްލާހެއްވެސް އޮތީ އެހީތެރިކަަމަށް ޖެހިފައިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު ފަހަކަށް އައިސް ރާއްޖޭގެ އެހީ ދޭ ޖަމިއްޔާއަކުން ދަނީ ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ނެވެ.

އެގޮތުން މުސްލިމް ގައުމުތަކުގައި ފެންވަޅު ގާއިމުކުރުން ފަދަ ޕްރޮޖެކްޓްތަކަށް އެ ޖަމިއްޔާއިން އެހީ ފޯރުކޮށްދެމުންދާ އިރު ގިނަ ދިވެހީން އެފަދަ ޕްރޮޖެކްޓްތަކަށް ފައިސާވެސް ދަނީ ޑޮނޭޓް ކުރަމުން ނެވެ،

“އަޅުގަނޑުމެންހެ ޖަމިއްޔާތަކަށް އަޅުގަނޑު އިލްތިމާސްކުރަން ބޭނުންވަނީ ރާއްޖޭގެ ރަށްރަށަށްވެސް ހޭދަކުރާށޭ ތިބޭފުޅުން. ބޭރަށް  އެކަންޏެއް ނޫން” މިނިސްޓަރު ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top