ރިސޯޓް ތަކަށް ޚާއްސަކޮށްގެން އޭދަފުށީ، ކްލަބް ކޮމްބިނޭޝަން (ސީސީ) އިން ބާއްވަމުން އަންނަ މިއަހަރުގެ އިންޓަރިސޯޓް ކްރިކެޓް މުބާރާތް މާދަމާ ފެށޭނެ ކަމަށް އެކްލަބުން ހާމަކޮށްފިއެވެ.
މިމުބާރާތުގައި މިއަހަރު އަށް ރިސޯޓް ވާދަ ކުރެއެވެ. އެއީ ސޮނޭވާފުށި، ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ، މިލައިދޫ މޯލްޑިވްސް، ދުސިތު ތާނީ މޯލްޑިވްސް، ފިނޮޅު މޯލްޑިވްސް، އަމިއްލަ މޯލްޑިވްސް، އަވަނި+ފަރެސް މޯލްޑިވްސް އަދި އަނަންތަރާ ކިހާވަށް މޯލްޑިވްސް އެވެ.
މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ، މިލައިދޫ، އަމިއްލަ، ފިނޮޅު އަދި އަނަންތަރާ އެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ، ދުސިތު، ސޮނޭވާފުށި، ރޯޔަލް އައިލެންޑް އަދި އަވަނި+ފަރެސް އެވެ.
މި މުބާރާތް މާދަމާ ހަވީރު އޭދަފުށީ ކުރީގެ ފުޓްބޯޅަ ދަނޑުގައި ފެށޭއިރު ފުރަތަމަ މެޗުގައި މިލައިދޫ ކުޅޭނީ އަމިއްލަފުއްޓާއެވެ.
މިިދިޔަ އަހަރު ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، ސޮނޭވާފުށިންނެވެ. އެއީ ފައިނަލުގައި، ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓާ ވާދަކޮށެވެ.
ސީސީން މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ.