މަންމައަށް އަނިޔާކުރި މީހަކު ހައްޔަރު

criminal-court-1-1024x683-1.jpg

މަންމައަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި 38 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އޭނާގެ މައްޗަށް ތުހުމަތުކުރަނީ ގެވެށި އަނިޔާއާއި މާރާމާރީ ހިންގުމުގެ ކުށެވެ.

އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. އެ ގޮތުން، ޝަރީއަތުން ނިންމާފައިވަނީ ތުހުމަތެއް ވުޖޫދުކުރެވޭ ވަރަށް އޭނާއާ ދެކޮޅަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ބަޔާންތަކުގެ އަލީގައި އެއީ މަންމައަށް އަނިޔާކުރި މީހެއް ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

ބަންދުގެ އަމުރުގައި ބުނެފައިވަނީ އެ މީހާ އޭނާގެ މަންމައަށް ގެވެށި އަނިޔާކޮށް، މާރާމާރީ ހިންގި ކަމުގެ ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ހުށަހެޅި ބަޔާންތަކުން މަންމައަށް އަނިޔާއެއް ދިން ކަމަށް ބެލެވޭ ކަމަށް ވެސް އަމުރުގައިވެއެވެ.

އޭނާ ކުށުގެ އަމަލު ހިންގާފައިވާ ގޮތަށް ބަލާއިރު، ތަކުރާރުކޮށް އެ އަމަލު ކޮށްފާނެ ކަމަށް ބެލެވޭ ކަންތައްތަކެއް ހުރި ކަމަށް އަމުރުގައިވެއެވެ. އަދި މި މައްސަލައިގައި ހެކި ބަސް ދޭން ހުރި އޭނާގެ މަންމައަށް ނުފޫޒު ފޯރުވާނެ ކަމަށް ބެލެވޭ ކަމަށްވެއެވެ.

އެ ސަބަބުތަކާ ހެދި ކްރިމިނަލް ކޯޓުން ނިންމީ އޭނާގެ ބަންދަށް 15 ދުވަސް ޖެހުމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top