ތައިލެންޑަށް ދާ ދިވެހިންނަށް ވިސާގެ ލުޔެއް

photo_2024-07-18_21-00-54-qrarrw9l5ysd8au6sh5eekm8bxwcorpekl4ktyxk0k.jpg

ދިވެހިން ގިނަ އަދަދަކަށް ދަތުރުކުރާ ތައިލެންޑްގެ ބެންކޮކްގެ ޕަތޫނާމް ސަރަހައްދުގެ މަގެއް

ވިޔަފާރިއާއި އެހެނިހެން ބޭނުންތަކަށް ދިވެހިން އާއްމުކޮށް ގޮސްއުޅޭ ތައިލެންޑުގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކާއެކު ވިސާގެ ލުއިފަސޭހަތަކެއް ލިބިއްޖެ ކަމަށް ދިވެހި ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެ އެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ މިއަހަރުގެ ޖުލައި 15 ވަނަ ދުވަހުން ފެށިގެން އެގައުމަށް ދަތުރުކުރާ ދިވެހީންނަށް ވިސާއާ ނުލައި 60 ދުވަހު ތައިލެންޑުގައި ހުރެވޭގޮތަށް މިހާރުވަނީ ހަމަޖައްސާފައި ކަމަށެވެ.

ރާއްޖެއާ ތައިލެންޑާ ދެމެދު ހަމަޖައްސާފައިވާ ވިސާ ޕޮލިސީ އަޕްޑޭޓުގައިވާ ގޮތުން ޗުއްޓީއަށާއި ބޭސްފަރުވާ ނުވަތަ ވިޔަފާރީގެ ބޭނުންތަކަށް ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް މި ލުއި ފަސޭހަ ލިބޭއިރު، މި 60 ދުވަހުގެ ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ހާލަތެއް މެދުވެރިވެއްޖެނަމަ، ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ތައިލެންޑް އިމިގްރޭޝަން ޑިޕާޓްމަންޓަށް އެކަން ހުށަހެޅުމުން އިތުރު 30 ދުވަހަށް ވިސާގެ މުއްދަތު އިތުރުކޮށްދޭގޮތަށް ހަމަޖެހިފައިވާކަމަށް ވެސް ވިދާޅުވެއެވެ.

ދިވެހި ޚާރިޖިއްޔާއިން ވަނީ ރާއްޖޭން ބޭރަށް އެކި ބޭނުންތަކުގައި ދަތުރުކުރާ ދިވެހިން ދަތުރަށްފެށުމުގެ ކުރިން ޓްރެވަލް އިންޝުއަރެންސެއް ހޯދުމުގެ މުހިއްމުކަން ހަނދާންކޮށްދީފައެވެ. އަދި ރާއްޖެއިން ބޭރުގައި އުޅޭއިރު އެޤައުމެއްގެ ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top