ގައުމީ ފެންވަރުގައި އީދު ފާހަގަކުރާ ތިން ރަށް ކަނޑައަޅައިފި

DSCN7102.jpg

ބޮޑު އީދު - އޭދަފުށީގައި ފެންކުޅި ކުޅެނީ /އީވީ ފައިލް ފޮޓޯ

ސަރުކާރުން ގައުމީ ފެންވަރުގައި އަޟްހާާ އީދު ފާހަގަ ކުރާ ތިން ރަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިއަދު އިއުލާން ކޮށްފިއެވެ.

އެ ތިން ރަށަކީ އުތުރުން ރ. އަތޮޅު އުނގޫފާރާއި، މެދު ރާއްޖެ ތެރެއިން ދ. ކުޑަހުވަދޫ އާއި، ދެކުނުން ގއ. ވިލިނގިއްޔެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ނިންމާފައި ވަނީ ރާއްޖޭގެ އުތުރާއި، މެދު ރާއްޖެތެރެ އާއި ދެކުނުގެ ރަށެއްގައި އަޟްހާ އީދު ގައުމީ ފެންވަރުގައި ފާހަގަ ކުރުމަށެވެ.

ރަށްތައް ކަނޑައެޅުމުގައި އެވުޒާރާއިން ބެލި ކަންތައްތަކުގެ ތެރޭގައި، އީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކައުންސިލުން ކުރާނެ ޚަރަދުތަކާއި، އަގެއް ނުނަގައި އެރަށަކުން ކޮށްދޭނެ ކަންތައްތައް ހިމެނެއެވެ.

މި އަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ސައްބީސް ރަށަކުން ޕްރޮޕޯސަލް ހުށަހެޅިއެވެ. އެއީ ރާއްޖޭގެ އުތުރުން ހަތް ރަށަކާއި، މެދުރާއްޖެތެރެއިން ދިހަރަށަކާއި، ރާއްޖޭގެ ދެކުނުން ނުވަ ރަށަކުންނެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top