މި ރަމަޟާން މަހު ފެނާއި ކަރަންޓަށް ބިލް ކުރާނީ އާދައިގެ މަހެއްގެ އެވަރެޖަށް

big_GjAK1YMzGyKNyN0.jpg

މި ރަމަޟާން މަހު ފެނާއި ކަރަންޓުގެ ޚިދުމަތްތަކަށް ބިލް ކުރާނީ އާދައިގެ މަހެއްގެ އެވަރެޖަށް ބަލައިގެން ކަމަށް ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މިއީ ރަމާޟާން މަހު ޑޮމެސްޓިކް ކަރަންޓު ބިލަށް ރައްޔިތުން ބޮޑު ހޭދައެއް ކުރައްވަން ޖެހޭތީ، އެ ކަމަށް ރައްޔިތުންނަށް ހައްލެއް ހޯދައި ދިނުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުރައްވާ ކަމެއް ކަމަށެވެ.

އާންމު މަހެއްގައި ކަރަންޓާއި ފެނަށް ހޭދަކުރި އެވްރެޖް މިންވަރު ބަލާފައި ވާނީ މިދިޔަ އަހަރުގެ ރޯދަ މަސް ފަދަ ޑިމާންޑް މަތި މަސްތައް އުނިކުރުމަށް ފަހު ކަމަށް ވެސް ރެގިއުލޭޓަރީ އޮތޯރިޓީން ބުންޏެވެ.

“މިގޮތުން ޑޮމެސްޓިކް ކަސްޓަމަރަށް ބިލްކުރައްވާ އިރު މާޗް މަހުގެ ބިލަށް އަރާ އަދަދާއި ރަމަޟާން މަހުގެ ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދާއި އާންމު މަހެއްގައި އެ ކަސްޓަމަރަކު ބޭނުންކުރި އެވްރެޖު އަދަދު ބިލުން ފެންނަ ގޮތަށް ހިމަނުއްވަން ވާނީ ހުރިހާ އާންމު ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް މިއޮތޯރިޓީން އަންގާފައެވެ.” ބަޔާނުގައި ބުންޏެވެ.

ރޯދަ މަހަކީ އާންމުކޮށް ފެނާއި ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވާ މަހަކަށްވާތީ، ބިލް ބޮޑުވުމުގެ ޝަކުވާ އަކީ އާންމުންގެ ބޮޑު ޝަކުވާއެކެވެ.

ރަމަޟާން މަހު ކަރަންޓާއި ފެން ބިލު އިތުރު ނުވާނެ ގޮތަށް ކެޕް ކުރަން ނިންމަވައި ރައީސް އެ ކަން ހާމަކުރެއްވީ، މި މަހުގެ ހަތަރުވަނަ ދުވަހު ބ. އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރޭގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top