ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާވާތީ، ގްރޭޑް 7، 8، 9 ގެ ދަރިވަރުންގެ ފައިނަލް އިމްތިހާނު އަވަސް ކުރަން ނިންމި ނިންމުން ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
2023-2024 ދިރާސީ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ނަމަ، ގްރޭޑް 7، 8 އަދި 9 ގެ ދަރިވަރުންގެ ފައިނަލް އިމްތިހާނު ބޭއްވުމަށް ކަނޑައަޅާފައި ވަނީ އޭޕްރިލް 16 އިން 27 އާއި ދެމެދުއެވެ.
ރައްޔިތުން މަޖލީހުގެ އިންތިހާބު މިމަހުގެ 21 ފަސްކުރަން ނިންމުމުން އެ ތާރީހު ސްކޫލް ތަކުގެ އިމްތިހާނާއި ދިމާވާތީ އިމްތިހާނުތައް އަވަސްކުރަން ނިންމާ ތައުލީމީ ވުޒާރާއިން އެކަން އިއުލާންކުރީ މިމަހު ކުރީކޮޅެވެ.
“އަޅުގަނޑު އެޑިއުކޭޝަން މިނިސްޓަރަށް މިހާރު ދަންނަވައިގެން ވަރަށް އަވަހަށް ހަމަޖައްސައިދެއްވާނެ އަވަސް ނުކޮށް ބާއްވަން. އެހެންވީމަ ދަތި ނުވާގޮތަށް ގޮތަށް. ވީހާ ވެސް ކުދިންނާއި ބެލެނިވެރިންނަށް ފަސޭހަ ވާނެ ގޮތަށް އިމްތިހާނާއި ކުޅިވަރުގެ އެކްޓިވީޓީ ތަކާއި ކަލަންޑަރު ރާވަމުން މި ދަނީ.” ރައީސް ވިދާޅުވިއެވެ.
އެކެޑެމިކް ކަލަންޑަރުގައި ވާގޮތުން މިއަހަރު ފުރަތަމަ ޓާމު ނިމި ސްކޫލްތައް މެއި މަހުގެ 2 ގައި ބަންދުވާނެއެވެ. އަލުން ސްކޫލް ހުޅުވޭނީ މޭ މަހުގެ 23 ވަނަދުވަހުއެވެ.