ސްޓަޑީ ޓުއާ އެއްގައި ބ.އަތޮޅު މަދަރުސާގެ ދަރިވަރުންނާއި ޓީޗަރުން އެމްއެންޑީއެފް ސަދަން އޭރިޔާ ކޮމާންޑަށް ޒިޔާރަތް ކޮށްފި އެވެ.
މި ޒިޔާރަތުގައި އެކޮމާންޑުން ވަނީ ދަރިވަރުންނަށް އަލިފާނުގެ ހާދިސާ ތަކުން ރައްކާތެރިވުމާބެހޭ ގޮތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ހިންގާފަ އެވެ. މީގެ އުތުރުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ ގޮތުންވެސް މައުލޫމާތު ދީފައިވާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވި އެވެ.
މި ޒިޔާރަތުގައި އެމަދަރުސާގެ 13 ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބައެއް ބެލެނިވެރންވެސް ބައިވެރިވިކަމަށް މައުލޫމާތު ދެއްވި އެވެ.