ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ލަފާދީފި

large_170109084259M2qg.jpg

ކައުންސިލް މެންބަރުންގެ މުސާރަ ބޮޑުުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށާއި ބަޖެޓު ކޮމެޓީއަށް ލަފާދޭން ލާމަރުކަޒީ ކޮމެޓީން މިއަދު ނިންމައިފިއެވެ.

ކޮމިޓީން ލަފާއަރުވަން ނިންމާފައިވަނީ ރަށު ކައުންސިލް މެންބަރުންގެ މުސާރަ 33 އިންސައްތައަށް ބޮޑުކުރުމަށެވެ.

މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރުން ވަނީ ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ 35 ޕަސެންޓް ބޮޑުކުރުމުން ލޯކަލް ކައުންސިލަރުންނާ އެއް ހަމަ ނުވަތަ އެއަށްވުރެ ބޮޑުވެފައި ވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކައުންސިލުތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުއެވެ.

ލާމަރުކަޒީ ކޮމިޓީން މާލިއްޔަތު ކޮމެޓީއަށާއި، ބަޖެޓު ކޮމެޓީއަށް ލަފާދިނުމަށް ނިންމީ ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ މިދިޔަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 35 އިންސައްތަ ބޮޑު ކުރުމުން، ކައުންސިލުގެ އިދާރީ އިސް މުވައްޒަފުންގެ މުސާރައާއި ރަށު ކައުންސިލަރުންގެ މުސާރަ އެއްހަމަ ނުވަތަ އެއަށްވުރެ ބޮޑުވެފައިވާތީ އެކަމާއި ގުޅިގެން މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވުމުންނެވެ.

އެ ކަންބޮޑުވުމަށް ރިއާޔަތްކޮށް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ ކައުންސިލްގެ ރައީސާއި، ނައިބު ރައީސް އަދި ކައުންސިލް މެންބަރުންގެ މުސާރައަށް 33 ޕަސެންޓުގެ ކުރިއެރުމެއް ގެނައުމަށެވެ. އެއީ ކައުންސިލް ރައީސަށް: 25،000 ރުފިޔާ، ނައިބުރައީސަށް: 20،000 ރުފިޔާ، ކައުންސިލް މެންބަރުންނަށް 18000 ރުފިޔާ އެވެ.

މީގެ ތެރޭގައި އަސާސީ މުސާރައިގެ އިތުރުން ލިވިން އެލަވެންސްގެ އިތުރުން ފޯނު އެލަވެންސް ހިމެނެއެވެ.

މިބަދަލު ތަކާއެކު މިއަދުގެ ކޮމިޓީން ފާސްކޮށްފައިވާ ގޮތަށް މާލިއްޔަތު ކޮމިޓީއަށާއި ބަޖެޓު ކޮމިޓީއަށް ކައުންސިލް މެންބަރުންގެ މުސާރަ ބޮޑުރަން ލަފާ ދިނުމަށް ވަނީ ނިންމާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top