ނޭނގި ޕާޓީ ބަދަލުކުރާ ޝަކުވާތައް ވަރަށް ގިނަވެއްޖެ: އީސީ

original_1698644086276.jpeg

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: ދުވަސް

ރަޖިސްޓަރީކޮށްފައި އޮންނަ ސިޔާސީ ޕާޓީ ބަދަލުވެގެންދާއިރު އެމީހުންނަށް ނޭނގޭ ކަމުގެ ޝަކުވާތައް ވަރަށް ގިނަވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި މިވަގުތު އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރު ކުރެވިފައިވާ ހުރިހާ އެންމެންގެ މައުލޫމާތު ހިމެނޭ ލިސްޓު އިއްޔެ ކޮމިޝަނުން އާންމުކޮށްފައިވާނޭ ކަމަށެވެ.

އަދި ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ ހުރިހާ އެންމެންގެ މައުލޫމާތު އަނެއްކާވެސް އެ ކޮމިޝަނުން އާންމުކުރީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ ސައްހަކަން ކަށަވަރު ކުރުމަށް ކަމަށާއި އެ ލިސްޓު އެކޮމިޝަނުގެ ވެބްސައިޓް އިން ފެންނާން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ ހުރިހާ އެންމެންގެ މަޢުލޫމާތު އަނެއްކާވެސް ކޮމިޝަނުން ޢާންމުކުރީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ ސައްޙަކަން ކަށަވަރު ކުރުމަށް. އެމީހާއަށް ނޭނގި ޕާޓީއަށް ވެއްދުމާއި، ނޭނގި އެއް ޕާޓީން އަނެއް ޕާޓީއަށް ޕާޓީތަކުގެ މެންބަރުން ބަދަލުކުރާކަމުގެ ޝަކުވާ ކެނޑިނޭޅި ކޮމިޝަނަށް ލިބެމުންދާތީ” ހަބީބު ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ ލިސްޓުގައި ނަން އޮތްތޯ ޗެކްކުރުމަށް PP ޖެހުމަށް ފަހު ހުސް ތަންކޮޅެއް ދޫކޮށްފައި އައިޑީކާޑު ނަމްބަރު ޖަހާފައި 1414 އަށް ފޮނުވުމުން ފެނިވަޑައިގަންނަވާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީއެއްގައި އެ މީހެއްގެ ނަން އޮތް ގޮތާއި މެދު ޝަކުވާ އެއް އޮތްނަަމަ ޝަކުވާ ހުށަހެޅުމަށް ވެސް އީސީން ވަނީ އެދިފައެވެ.

އެހެންކަމުން، އީސީން ބުނީ އެ ޝަކުވާ ބަލައިގަންނަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 30 އާ ހަމައަށް ކަމަށާއި މި މެއިލަށް [email protected] ޝަކުވާ ފޯމު ފޮނުވޭނެ ކަމަށެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކަކީ އެމްޑީޕީ، ޕީޕީއެމް، ޕީއެންސީ، އަދާލަތު، ޖުމްހޫރީ ޕާޓީ، އެމްއެންޕީ، ދަ ޑިމޮކްރެކްޓްސް، އެމްއާރްއެމް، އެމްޑީއޭ އަދި އެމްޓީޑީ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top