ޝަހީދު ޙުސައިން އާދަމްގެ ބައްޕަ ނިޔާވެއްޖެ

big_60EB1313avC32BmPRZZcjXV9W.jpg

އާދަމް މުހައްމަދު---ފޮޓޯ:އަވަސް

ޝަހީދު ޙުސައިން އާދަމްގެ ބައްޕަ އާދަމް މުޙައްމަދު ނިޔާވެއްޖެއެވެ.

89 އަހަރުގެ އާދަމް ނިޔާވީ މިއަދުގެ ވަގުތެއްގައެވެ.

ކުޅުދުއްފުށީގައި ދިރިއުޅުއްވި، އާދަމް ނިޔާވީ އާލާސްކަންފުޅާ އުޅުއްވާތާ އަހަރުތަކެއްވީ ފަހުންނެވެ.

އާދަމްގެ ކަށުނަމާދު އޮތީ މިރޭ އިޝާ ނަމާދަށް ފަހު، ކުޅުދުއްފުށީ މަސްޖިދުލް ހަޟާރަތުގައެވެ.

އާދަމް ނިޔާވި އިރު، ދުނިޔޭގައި އޭނާގެ އަނބަކާއި ހަ ކުދިން އެބަ ތިއްބެވެ.

ސިފައިންގެ ޚިދުމަތުގައި އުޅެނިކޮށް، އުމުރުން 19 އަހަރުގައި ހުސައިން އާދަމް ޝަހީދުވީ ސްރީލަންކާގެ ތަމަޅަ ޓައިގަރުންނާ ބަޔަކު ނޮވެންބަރު 3, 1988ގައި ރާއްޖެ އަރައި ހިންގި އުދުވާނުގައި، ސިފައިންގެ މައި އިމާރާތު ހިމާޔަތް ކުރުމަށް ރައްދުގައި ހަމަލާ ދެމުންދަނިކޮށެވެ.

ހުސެއިން އާދަމަކީ މި ޖީލުގެ ބަތޮލެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top