ކޮވިޑްގެ އަދަދުތައް އަނެއްކާވެސް މައްޗަށް!

Test_Tube_COVID-19_Sample_960x640.jpg

ރާއްޖޭގައި އަނެއްކާވެސް ކޮވިޑް19ގެ ކޭސްތައް އިތުރުވާން ފަށައިފިކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން އިއްޔެ އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބު ތައް ދައްކާ ގޮތުން ކޮވިޑް މިހާރު އެންމެ ބޮޑަށް އިތުރުވަމުން ދަނީ މާލެ ސަރަހައްދުގަ އެވެ. މި މަހުގެ މިހާތަނަށް މުޅި ރާއްޖެއިން 84 މީހަކު ކޮވިޑަށް ޕޮޒިޓިވް އިރު، އޭގެ ތެރެއިން 73 މީހުންނަކީ މާލެ ސަރަހައްދުގެ މީހުންނެވެ.

ސިނާއީ މަސައްކަތްކުރާ ރަށްތަކުން 11 މީހަކު ޕޮޒިޓިވް ވެފައިވާ އިރު، 17 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

މިދިޔަ މަހުގެ ފަހު ހަފުތާގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވީ 39 މީހުންނެވެ.

ރާއްޖެއިން މިހާތަނަަށް ޖުމްލަ 185،894 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. މި ބަލީގައި 311 މީހަކު ވަނީ މަރުވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top