ދުވާފަރު ހާޒިރުނުވުމުން ޗެމްޕިއަންކަން އޭދަފުއްޓަށް

DSC_0256.jpg

މި މުބާރާތުގައި އޭދަފުށި-ދުވަފާރު ، ބައްދަލުކުރި ފުރަތަމަ މެޗުގެ އޭދަފުށިން ޖެހި ފުރަތަމަ ލަނޑާއެކު. ފޮޓޯ : އީޓީ

މިނިވަން50 ޗެމްޕިއަންކަޕްގެ ޒޯން 3 ގެ ފަހުމެޗްގައި އިއްޔެ ކުޅެން ހަމަޖެހިފައިވާ އޭދަފުށި-ދުވާފަރު މެޗަށް ދުވާފަރު ހާޒިރު ނުވުމުން މުބާރާތުގެ ގަވާއިދު ބުނާ ގޮތުން އޭދަފުއްޓަށް ޗެމްޕިއަންކަން ލިބިއްޖެއެވެ.

މާލޭގައި ކުޅެންނިންާފައިވާ މި މެޗަށް ދުވާފަރު ޓީމު ހާޒިރުނުވީ އެޓީމުން އެދުނު އެއްވެސް ކަމެއް އެފްއޭއެމުން ތަނަވަސްކޮށްދީފައި ނުވާކަމަށް ބުނެއެވެ. ދުވާފަރުން އެދިފައިވަނީ މި މެޗް ދުވާފަރުގައި ކުޅުމަށެވެ. އެހެންނަމަވެސް އެފެއޭއެމުން އެފުރުސަތު ދުވާފަރަށް ދީފައިނުވަނީ އެންމެފަހުން މި ދެޓީމު އޭދަފުށީގައި ކުޅުނު މެޗަށްފަހު ހިނގާ ދިޔަ ހަމަނުޖެހުމާ ގުޅިގެން އެކަން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީން ބެއްލެވުމަށް ފަހު މި މެޗްކުޅެން ޖެހޭނީ ނިއުޓްރަލް ދަނޑެއްގައި ކަމަށް ނިންމުމާއި ގުޅިގެންނެވެ.

އޭދަފުށި ޒޯން3ގެ ޗެމްޕިއަންކަމާ ހަމައަށް ދަތުރުކުރީ މި މުބާރާތުގައި ކުޅުނު ހަތަރު މެޗުން ދިހަ ޕޮއިންޓް ލިބިގެންނެވެ.

މި ކާމިޔާބާއެކު އޭދަފުއްޓަށް މުބާރާތުގެ 3 ވަނަބުރަށް ދިއުމުގެ ފުރުސަތު ލިބުނީއެވެ.

ތިންވަނަބުރުގެ މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11ވަނަދުވަހު ހދ. ކުޅުދުއްފުށީގައާއި އައްޑޫސިޓީގައެވެ.

އޭދަފުށި ހިމެނޭ ގްރޫޕްގައި ހިމެނެނީ ހދ. ނޮޅިވަރަމާއެކު ފޯކައިދޫއާއި އދ. މާމިގިއްޔެވެ. މި ގްރޫޕްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށީގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top