އުރީދޫން އަޅާސަބްމެރިން ކޭބަލް “ލޭންޑްކުރާ ހަރަށުގެ ތެރޭގައި އޭދަފުށި

Ooredoo.jpg

މުޅި ރާއްޖެ ސަބްމެރިން ކޭބަލަކުން ގުޅާލުމަށްޓަކައި އުރީދޫން ފަށާފައިވާ މަސައްކަތުގެ ދަށުން އަޅާ ކޭބަލް ހަރަށަކަށް “ލޭންޑް” ކުރަން ނިންމާފައިވާއިރު އެރަށްރަށުގެ ތެރޭގައި އޭދަފުށި ހިމެނޭކަމަށް އުރީދޫގެ ހެޑްއޮފް ސޭލްސް ހުސެން ނިޔާޒް ވިދާޅުވެއްޖެއެވެ.

“ދުވަސް ” ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ނިޔާޒުވިދާޅުވީ އެ ޕްރޮޖެކްޓްގެ މަސައްކަތް މިހާރުވެސް ދިރާސާ ކުރަމުން ދާކަމަށާއި ރަށްތަކަށް ކޭބަލް އެޅުމުގެ މަސައްކަތް މިއަހަރު ޖޫން ޖުލައި ހިސާބުގައި ކުރިއަށް ދާނެކަމުގައެވެ.

އޭދަފުށި ފިޔަވައި އުރީދޫން އަޅާ ސަންމެރިން ކޭބަލް “ލޭންޑް ކުރަން ކަނޑައަޅާފައިވާ ރަށްރަށަކީ ކުޅުދުއްފުށި، ހުޅުމާލެ، މާމިގިލި އަދި އައްޑޫސިޓީގެ ހިތަދޫއެވެ. .

އުރީދޫން ހިންގާ 25 މިލިއަން ޑޮލަރުގެ މި މަޝްރޫއު ނިންމަން ކަނޑައަޅާފައިވަނީ 14 މަސްދުވަހެވެ. މަޝްރޫއު ނިމުމުން އިންޓަނެޓްގެ އަގުހެޔޮވުމާއެކު ސްޕީޑްވެސް ވަރަށް އަވަސްވެގެންދާނެކަމުގައި ނިޔާޒް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top