އަލަށް އުފަންވާ ކުދިން ހަފްތާއެއްގެ ތެރޭގައި ރަޖިސްޓްރީ ނުކޮށްފިނަމަ 10،000 ރުފިޔާގެ ޖޫރިމަނާ

big_QJzXGRpIR10XxVTF4rA21eLtS.jpeg

ރާއްޖޭގައި އަލަށް އުފަންވާ ކުދިން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށްފިނަމަ ދިހަހާސް ރުފިޔާއިން ޖޫރިމަނާ ކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ބިލެއް ފާސްކޮށްފި އެވެ.

ބިލުގައި ބުނެފައި ވަނީ ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ފޫޅުމާ ފޯމާ އެކު، ރަށް ނުވަތަ ސިޓީ ކައުންސިލަށް ހުށަހެޅުމަކީ އެ ކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ.
އަދި އާންމުކޮށް ރާއްޖެއިން ބޭރުގައި އުޅޭ ދިވެހި ރައްޔިތަކަށް ލިބިފައިވާ ކުއްޖެއްނަމަ ރާއްޖެ އަންނަތާ ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރަން ހުށަހަޅަން ޖެހެ އެވެ. އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށްފިނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އެކަމަކު ޖޫރިމަނާ ކުރާނީ އެކުށް ކުރި ހާލަތަށް ބެލުމަށްފަހުގައި ކަމަށް ކަނޑައަޅައި ކޮމިޓީ މަރުހަލާގައި ބިލް އިސްލާހުކޮށްފައިވެ އެވެ.

މީގެ އިތުރުން ބިލުގައިވަނީ ކުދިންގެ ފޫޅުމާ ފޯމުގައި ކުއްޖާގެ ބައްޕައަށް ސޮއި ނުކުރެވޭ ހާލަތެއް އައިސްފި ނަމަ، މަންމައަށް ސޮއިކުރެވޭ ގޮތް ކަނޑައަޅައިދީފަ އެވެ.

ބިލުގައިވާ ގޮތުން ގަވައިދާ ހިލާފަށް ގަސްދުގައި ފޫޅުމާ ފޯމެއް ނުވަތަ އުފަންވުމުގެ ރަޖިސްޓްރީއެއް ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓެއް ނުވަތަ އައިޑީކާޑެއް ހައްދައިދީފިނަމަ 15،000 ރުފިޔާއާއި 25،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top