އޯލެވެލް އިމްތިހާނުގައި 5،939 ދަރިވަރުން ބައިވެރިވާނެ

C5fPxQxUwAEhPUR.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް

އަންނަ މެއި މަހު ބާއްވާ އޯލެވެލް އިމްތިހާނުގައި 5،939 ދަރިވަރުން ބައިވެރިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އޯލެވެލް އިމްތިހާނު ބާއްވަން ނިންމާފައިވަނީ އަންނަ މެއި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ޖޫން ދިހަ ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އިމްތިހާނުގައި ރާއްޖޭގެ 239 ސެންޓަރަކުންނާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ބެލުމުގެ ދަށުން ސްރީލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގެ އިތުރުން މެލޭޝިއާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ހިންގާ ޕްރޮގްރާމުތަކުގައި ބައިވެރިވާ ދަރިވަރުން ވެސް ބައިވެރިވާނެ އެވެ.

އިމްތިހާނު ބާއްވާ ސެންޓަރުތަކަށް މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން އިމްތިހާނު ޕޭޕަރު ފޮނުވަން ވަނީ ފަށާފަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިމަހުގެ 29 ވަނަ ދުވަހުގެ ކުރިން ހުރިހާ ސެންޓަރަކަށް ވެސް ޕޭޕަރުތައް ފޮނުވާ ނިންމާލެވޭނެ ކަމަށެވެ.

ސަރުކާރުން އަލަށް އަމަލުކުރަން ފެށި އާ ސިޔާސަތުގެ ތެރެއިން 2021 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ މިދިޔަ އަހަރުގެ އޯގަސްޓް 10 ވަނަ ދުވަހު އެވެ.

ދިރާސީ އަހަރުގެ ކިޔެވުން ނިންމާލުމަށްފަހު ދަރިވަރުންނާއި ޓީޗަރުންނާއި ސްކޫލުތަކުގެ މުވައްޒަފުން ޗުއްޓީއަށް ދާނީ މިއަހަރުގެ ޖޫން މަހު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top