ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ހައްވައަށްވެސް ސިޔާސީ މަގާމެއް

hawwi-e1644335262993.jpg

ރާއްޖެ ޓީވީގައި ކުރިން ޖާނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރެއްވި ހައްވާ މުހައްމަދަށް ސިޔާސީ މަގާމެއް ދީފި އެވެ.

އޭނާ އައްޔަން ކޮށްފައި ވަނީ އެންވައިރަމެންޓް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަށެވެ. އޭނާއަށް މަހު މުސާރައިގެ ގޮތުގައި 15،000ރ. ލިބޭއިރު އެލަވެންސްގެ ގޮތުގައި 10,000 ރުފިޔާ އާއި ފޯން އެލަވަންސަށް 500ރ. ލިބޭނެއެވެ.

ރާއްޖެ ޓީވީގެ އިތުރުން ހައްވާ މުހައްމަދު ވަނީ އޮންލައިން ނޫހެއް ކަމަށްވާ “ސީއެންއެމް” ގައި މަސައްކަތްކޮށްފަ އެވެ.

މީގެ ކުރިން ވެސް ރާއްޖެ ޓީވީގައި މަސައްކަތް ކުރި ނޫސްވެރިންނަށް ބައެއް މިނިސްޓްރީތަކުގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމާއި އެހެން ސިޔާސީ މަގާމުތައް ދީފައިވެ އެވެ.

އެގޮތުން ރާއްޖެ ޓީވީގެ ކުރީގެ ވީޑިއޯ ޖާނަލިސްޓް، ތަހާރަތު މުހައްމަދު ވަހީދަށް މިދިޔަ މަހުގެ ކުރީކޮޅު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމު ދީފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top