ހެޔޮ އަގުގައި ގަސްކާނާ ލިބޭނޭ ގޮތް ހައްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

large_163472552340xeqr.jpg

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތޮއްޑޫގެ ދަނޑުވެރިންނާއި ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކާ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ / ރައީސް އޮފީސް

ދަނޑުވެރިންނަށް ހެޔޮ އަގެއްގައި ގަސްކާނާ ފޯރުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާލުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު އައިއަތޅު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ތޮއްޑުއަށް ވަޑައިގެން އެރަށު ދަނޑުވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރޭގައެވެ.

ރައީސް ވިދާޅުވީ ރާއްޖެ އެތެރެކުރާ ބައެއް ތަކެތީގެ ޑިއުޓީ ކަނޑާލި ނަމަވެސް އޭގެ މާ ބޮޑު ފައިދާއެއް ސީދާ ދަނޑުވެރިންނަށް ނުކުރާކަމަށެވެ. އެހެންކަމުން އެގްރޯނެޓް ނުވަތަ އެސްޓީއޯއިން މިތަކެތި ޑިއުޓީއަކާ ނުލާ އެތެރެކޮށްގެން، ހެޔޮއަގުގައި ސީދާ ދަނޑުވެރިންނަށް ލިބޭނެގޮތް ފަހިކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ މިހާރު ދަނޑުބިންތައް ދޫކުރާ މުއްދަތު އިތުރުކުރުމުގެ މަޝްވަރާތައްވެސް ކައުންސިލްތަކާ ގުޅިގެން ސަރުކާރުން ކުރިއަށްގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ގެސްޓްހައުސް ވިޔަފާރިކުރާ މީހުން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަރަންޓު ދިނުމުގައި ޗާޖްކުރާ އަގު ތަފާތުވުމުގެ ސަބަބުން ހުރި ދަތިކަން ފާހަގަކޮށްފައެވެ. ރައީސް ވިދާޅުވީ އެފަދަ ކަންކަމަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top