ބ.ތުޅާދޫން އަނެއްކާވެސް ކޮވިޑް ފެނިގެން އެރަށް މޮނިޓަރިންއަށް ލައިފި އެވެ.
ތުޅާދޫ ކައުންސިލުން ހާމަކުރި ގޮތުގައި އެރަށް މޮނިޓަރިންއަށް ލާފައިވަނީ ތަރުތީބެއްނެތި ނެގި ސާމްޕަލް ތަކެއް ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން އިއްޔެ އެވެ.
ކައުންސިލުން އިތުރަށް ހާމަކުރި ގޮތުގައި ރަށުން ސާމްޕަލް ނެގީ އެރަށަށް އައި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ. އެގޮތުން، މިއަދާއި ހަމައަށް ފަސް މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ޕޮޒިޓިވް ކޭސްތަކާ ގުޅިގެން އިތުރު ސާމްޕަލް ތަކެއް މިއަދުވަނީ ނަގާފައިކަމަށާ މި ސާމްޕަލްތަކުގެ ނަތީޖާ މާދަމާލިބޭނެކަމަސް ލަފާ ކުރައްވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ކޮވިޑާއި ގުޅިގެން މިއަދާއި ހަމައަށް މޮނިޓަރިންގައި 15 ރަށް އެބައޮތްކަމަށް އެޗްޕީއޭ އިން ބުނެއެވެ.