ބ.ތުޅާދޫން ހަތަރު މީހުން ކޮވިޑަށް ޕޮޒިޓިވް ވެ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފި ކަމަށް ތުޅާދޫ ކައުންސިލުން ބުނެފި އެވެ.
ހަތަރު މީހުންވެސް ޕޮޒިޓިވް ވެފައިވަނީ ހުން އައިސްގެން ޑޮކްޓަރަށް ދެއްކުމުން ހެދި ޓެސްޓްުގެ ނަތީޖާ އިންނެވެ.
ތުޅާދޫ ކައުންސިލުން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހައިރިސްކް އެކަކުވެސް ހިމެނޭ ކަމަށާ ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ކުރެވެމުން އަންނަ ކަމަށެވެ. އަދި އަޅާނެ އިތުރު ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވެމުން އަންނަ ކަމަށް ވިދާޅުވިއެވެ.