އޯގަސްޓް 10 ވަނަ ދުވަހު ފަށާ ދިރާސީ އާ އަހަރުގެ އެކަޑެމިކް ކަލަންޑަރު އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.
ދިރާސީ އާ އަހަރުގެ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ދިރާސީ އާ އަހަރު ކިޔެވުން އޮގަސޓްް މަހު ފެށުމަށް ފަހު އެންމެ ފުރަތަމަ މިޑްޓާމް ބަންދެއް ލިބޭނީ އޮކްޓޯބަރުން 17 އިން ފެށިގެން އޮކްޓޯބަރު 21 އަށެވެ. އަހަރުގެ ފުރަތަމަ ޓާމުގެ ޓެސްޓަށްފަހު ޑިސެމްބަރު 23، 2021 ގައި ސްކޫލުތައް ބަންދުވާނެ އެވެ.
ދެ ވަނަ ޓާމުގެ ކިޔެވުން ކުރިއަށްދާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 16 އިން ޖޫން 30 އަށެވެ. މިޑްޓާމް ޗުއްޓީ ވާނީ އޭޕްރީލް ތިނަކުން، އޭޕްރީލް ހަތް ވަނަ ދުވަހަށެވެ. ދެ ވަނަ ޓާމު ޗުއްޓީ ވާނީ 30 ޖޫން އިން ފެށިގެންނެވެ.
Academic Calendar 2021-2022 pic.twitter.com/UMwFDQLGQ4
— Ministry of Edu, Higher Edu and Skills Development (@MoEdumv) April 19, 2021





