ބޮލީވުޑްގެ މަޝްހޫރު ބަތަލް ރިތިކްރޯޝަންގެ ކުރީގެ އަނބިމީހާ ސުޒޭން އަލުން އެހެންމީހަކާއެކު ދިރިއުޅުން ފަށަން އުޅޭވާހަކަ މިދުވަސްކޮޅުވަނީ މީޑިޔާގެ ފަލަ ސުރުޚީއިން ޖާގަ ހޯދާފައެވެ. މި ޚަބަރަަށް ސަމާލުކަންދެވުނު އަނެއް ގޮތަކީ ސުޒޭން ކައިވެނި ކުރަންއުޅެނީ ރިތިކްގެ ގާތް ރަހްމަތްތެރިއަކާއެކު ކަމަށްވާތީއެވެ.
މިކަމާ ގުޅިގެން ސުޒޭންގެ މަންމަ ޒަރީނާޚާން ބުނަނީ އެއީ އެއްވެސް ހަގީގަތެއް އޮވެގެން ދައްކާ ވާހަކައެއްނޫން ކަމުގައެވެ.
” ސުޒޭންގެ ދިރިއުޅުމަށް އަންނާނެ އިތުރުމީހަކު ނުހުންނާނެ. އަދި ދެވަނަ މީހަކާ ކައިވެނީކުރުމަކީ ސޫޒަން ޕްލޭންކޮށްފަ އޮތް ކަމެއްވެސްް ނޫން. މި ޚަބަރު އާއިލާއަށް ލިބުމުން އަހަރެމެން މިތިބީ ހައިރާން ވެފައި . އަދި އެހާ ކަންބޮޑުވެފައި.” ޒަރީނާޚާން ޒީނިއުސްއަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވެއެވެ.
ސުޒޭން އާއި ރިތިކް އަކީ ބޮލީވުޑްގައި ވަރަށް އުފާވެރިކަމާއެކު ދިރިއުޅެމުން ދިޔަ ޖޯޑެކެވެ. މި ދެމީހުންގެ 17 އަހަރުގެ ގުޅުން ކެނޑި ދެމީހުން ވަކިވީ ޑިސެމްބަރ 2013 ގައެވެ. އެކަމަކު ރަސްމީކޮށް ވަރީގެ ކަންތައް ހަމަޖައްސާފައިވަނީ މިދިޔައަހަރުގެ ނޮވެމްބަރު މަހުގައެވެ.
މި ދެމީހުންނަށް ދެފިރިހެން ކުދިން ލިބިފައިވެއެވެ. އެއީ ރިދާންއާއި ރިހާންއެވެ.