”ބަޑި ބުރާސްފަތި“ޖަލްސާ ބާއްވަން ކާނިވާ ސަރަހައްދު ނުލިބުނު

big_SKL8XhCDTz4gQUDjpePDzGViF.jpg

ރާއްޖޭގެ ވެރިކަން ވައްޓާލަން ދިވެހިންގެ ބަޔަކާ ގުޅިގެން ލަންކާގެ ތަމަޅަ ޓެރަރިސްޓުންގެ ބަޔަކު މާލެ އަރައި ނޮވެމްބަރު 3، 1988 ގައި އެތައް ބަޔަކު ޝަހީދުކޮށްލި ހާދިސާގެ ހަނދާން އާކޮށް ފާހަގަކުރާ ނަސްރުގެ ދުވަހާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ޖަލްސާއެއް ބޭއްވުމުގެ ހުއްދައަށް އެދުމުން އެހުއްދަ ނުދިންކަމަށް ބުނެފި އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން “ބަޑި ބުރާސްފަތި”ގެ ނަމުގައި ޖަލްސާއެއްް ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ރޭ 8:15 ގައި ބާއްވަން ފުރަތަމަ ހަމަޖެއްސީ ކާނިވާ ސަރަހައްދުގައެވެ. އަދި މި ޖަލްސާ ބޭއްވުމަށް ކަމާބެހޭ ދެ ވުޒާރާއަކަށް މިކަމުގެ ހުއްދު ހޯދުމަށްޓަކައި، ކޯލިޝަންގެ ފަރާތުން ސިޓީ ފޮނުވާފައިވާކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ސުޖާއު ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ ސިޓީ ކައުންސިލުން ހުއްދަ ނުދިން ކަމަށާއި ހުއްދަ ދެވެނީ އެޗްޕީއޭ އަށް ކަމަށް ކައުންސިލުން އެންގި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެޖަލްސާ ބާއްވަން އެޗްޕީއޭ އިން ވެސް ހުއްދަ ދިނީ ވާޗުއަލްކޮށް ބާއްވަން ކަމަށާއި އެހެންކަމުން ޖަލްސާ ބާއްވަން މިހާރު ހަމަޖެހިފައިވަނީ ޕީޕީއެމް އޮފީސް ދޮރުމަތީގައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާޢު ވިދާޅުވީ މި ދުވަސް ފާހަގަ ކުރުން އެބޭފުޅުން ވީ ހާލެއްގައި ބާއްވާނެކަމަށާއި، ޕީޕީއެމްގެ ފިކުރު ފެށުނީއްސުރެންވެސް މި ތާރީޚާކީ ޚާއްސަ ތާރީޚެއްކަމަށެވެ.

ސަރުކާރުން ވަރަށް ބޮޑެތި ތަފާތު ކުރުންތަކެއް އިދިކޮޅު ކޯލިޝަނާއި ދޭތެރޭގައި ގެންގެޅެމުންދާކަމަށް ތުހުމަތުކޮށް ޝުޖާއު ވިދާޅުވީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ ވަރަށް ޒިންމާދާރުކަން ކުޑަކަމަށާއި، އެއާއެކު މާލޭ ސިޓީ ކައުންސިލްވެސް ހަމަ އެހާ ޒިންމާދާރު ކަން ކުޑަކަމަށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top