ގާސިމް ކުރްބުޒް އުފަންވެފައިވަނީ ތުރުކީގައެވެ. 95 އަހަރުގެ ގާސިމަށް މީހުންގެ ސަމާލުކަން ލިބެންފެށީ މީނާގެ މިއުމުރުގައިވެސް ގަބޫލުނުކުރެވޭފަދަ ޒުވާންކަމެއް ލިބިފައިވާތީއެވެ.
އޭނާބުނާގޮތުގައި ޒުވާންކަމުގައި މިހާގިނަދުވަހު ދެމިހުރުމުގެސިއްރަކީ ގަވާއިދުން ކަސްރަތުކުރުމާއެކު ހެލިފެލިވެއުޅުމަށް ބުރަމަސައްކަތް ކުރާތީއެވެ.
ހަށިގަނޑަށް ބޭނުންވާ މައިގަނޑު ތަކެތީގެ އިތުރުން އޭނާ އާއްމުކޮށް ކައިއުޅެނީ ޒައިތޫންޏާ މާމުއި އަދި މޭވާއާއި އަސޭމިރުސްކަމަށް އޭނާ ބުނެއެވެ.
އޭނާއަކީ ޔޯގާ އިންސްޓްރަކްޓަރއެއްގެ ގޮތުގައި މިހާރުވެސް މަސައްކަތްކުރާ މީހަކަށްވެފައި ވަރަށް އުދަގޫ ޔޯގާގެ ޕޯސްތައްވެސް ފަސޭހަކަމާއެކު ޕާފޯމްކޮށްލައެވެ.
މަސްދަރު: ޖަސްޓް ނެޗުރަލް ލައިފް