ބ. އަތޮޅުގެ އިސް މެޖިސްޓްރޭޓް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ބ.އަތޮޅުގެ އިސްމެޖިސްޓްރޭޓްގެ މަގާމަށް ކުރިިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ.

ބ،އަތޮޅުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން، އިތުރު އަށް އަތޮޅުގެ އިސް މެޖިސްޓްރޭޓްގެ މަގާމަށް ކުރިމަތި ލުމަށް ވެސް ޖޭއެސްސީ އިން މިއަދުވަނީ  ހުޅުވާލާފައެެވެ. އެއީ ގދ، ގއ، ވ، ނ، ށ، ހދ، އަދި ހއ ގެ ޖުޑިޝަލް ދާއިރާއަށެވެ.

މި އަތޮޅުތަކުގެ އިސް މެޖިސްޓްރޭޓް ކަމަށް ކުރިމަތިލެވޭނީ އެ ދާއިރާގައި މަސައްކަތް ކުރަމުންދާ މެޖިސްޓްރޭޓުންނަށް އެކަނި ކަމަށް ޖޭއެސްސީ އިން ވިދާޅުވެއެވެ.

އިސް މެޖިސްޓްރޭޓުންނަށް މުސާރައާ އިނާޔަތުގެ ގޮތުގައި މަހަކު 27،950 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ހެލްތް އިންޝްއަރެންސް ގެ އިތުރުން މާލެ ފިޔަވައި އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރާ މެޖިސްޓްރޭޓުންނަށް މަހަކަށް 1,500 ރުފިޔާގެ އެލަވަންސެއް ލިބިވަޑައިގަންނަވާނެ އެވެ.

މާލެ ފިޔަވައި އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރުން ކަމަށް ބަލާނީ އެމީހަކު ނުވަތަ އެ މީހެއްގެ އަނބިމީހާގެ އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ އެމީހަކު ނުވަތަ އެ މީހެއްގެ އަނބިމީހާ ދިރިއުޅުން ހަމަޖެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރުމަށެވެ.

މި އަތޮޅުތަކުގެ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުންނަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top