
ޓްރާންސްޕޯޓްއޮތޯރިޓީއާއި ރ.އަތޮޅު ކައުންސިލާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރުން ފޮޓޯ/ ވަގުތު އޮންލައިން
ޓްރާންސްޕޯޓް އޮތޯރިޓީއިން ދެމުންގެންދާ ގިނަ ޚިދުމަތްތަކެއް ރ.އަތޮޅު ކައުންސިލުން ދޭގޮތަށް ހަމަޖައްސައި ޚިދުމަތްތައް ދޭން ފަށައިފިއެވެ.
ޓްރާންސްޕޯޓްއޮތޯރިޓީ އާއި ރ.އަތޮޅު ކައުންސިލާދެމެދު ވެވުނު މިއެއްބަސްވުމުގައި ޓްރާންސްޕޯޓްއޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ އެއޮތޯރިޓީގެ ޗެއްރމަން އަބްދުއްރަޝީދު ނާފިޒެވެ. ރ.އަތޮޅު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަންވަރު އިބްރާހީމެވެ.
މި އެއްބަސްވުމުގެ ދަށުން ޓްރާންސްޕޯޓް އޮތޯރިޓީއިން ދޫކުރާ ލައިސަންސްއާއި އެއްގަމާކަނޑުއުޅަނދުފަހަރުގެ ރަޖިސްޓްރީއާއި ރަޖިސްޓްރީގެ ވެރިފަރާތް ބަދަލުކުރުމާއި އޮޑީނަންބަރު ދޫކުރުންފަދަ ކިދުމަތްތައް ލިބެމުން ދާނެކަމަށް އަންވަރު ވިދާޅުވިއެވެ.
މީގެ ކުރިންވެސް ރ.އަތޮޅު ކައުންސިލުން ޓްރާންސްޕޯޓް އޮތޯރިޓީން ދެމުންގެންދާ ބައެއް ޚިދުމަތް ދެމުން ގެންދިޔައެވެ.