ނެޕީއިން ނަގަމުން އައި ޑިއުޓީ ކަނޑާލުމުން ރެޑްވޭވްއިން ވިއްކާ “މޮލްފިކްސް” ބްރޭންޑުގެ ނެޕީ އަގު ހެޔޮ ކޮށްފި އެވެ.
ރެޑްވޭވް އިން ބުނީ ކުރިން ބޮޑު އަދަދަކުން ޑިއުޓީ ނަގަމުންއައި ނެޕީ އިން ޑިއުޓީ ކަނޑާލުމާއެކު، އެ ކުންފުނިން ރާއްޖެއަށް އެތެރެކޮށް ވިއްކާ މޮލްފިކްސް ބްރޭންޑުގެ ނެޕީގެ އަގު ވަރަށް ބޮޑަށް ހެޔޮ ކޮށްފައިވާ ކަމަށެވެ.
މޮލްފިކްސް ބްރޭންޑުގެ ޕޭންޓްސް، ޑައިޕާސް އަދި ބޭބީ ޑައިޕާސްގެ އަގު ވެސް ވަނީ ހެޔޮކޮށްފަ އެވެ. ރީޓެއިލް އަގުން 30 ޕަސެންޓާއި 15 ޕަސެންޓާއި ދެމެދުގެ ޑިސްކައުންޓެއް ދީފައިވާއިރު މޮލްފިކްސް ގެ ހޯލްސޭލް އަގުން 10 ޕަސެންޓާއި 20 ޕަސެންޓާއި ދެމެދުގެ ޑިސްކައުންޓެއްވަނީ ދީފައިވެ އެވެ.
“މޮލްފިކްސް” ބްރޭންޑަކީ ސީދާ ޔޫރަޕުން ރާއްޖެ ގެނެސް ވިއްކާ ކޮލިޓީ ނެޕީ ބްރޭންޑެކެވެ. އަދި އެއީ ކުދިންގެ ހަމަށް އެކަށީގެންވާ ގޮތަށް ފަރުމާ ކޮށްފައިވާ ނެޕީއެކެވެ. އެ ނެޕީގައި އެލޯވެރާ އާއި ކެމޮމައިލް އެކުލެވޭ ފަށަލައެއްގައި ހަންގަނޑު ރަނގަޅު ސިއްހަތެއްގައި ބަހައްޓައިދެ އެވެ.
ރެޑްވޭވް އަކީ ރައްޔިތުންނަށް ބޭނުންވާ ގިނަ މުދާ ހެޔޮ އަގުގައި ވިއްކަމުން ގެންދާ ކުންފުންޏެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރެއެވެ.
ރެޑްވޭވުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނީ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތަކާ އެއްގޮތަށް އެންމެ އަގުހެޔޮ އަގެއްގައި ކަސްޓަމަރުންނަށް މުދާ ފޯރުކޮށްދިނުމަށެވެ.
މޮލްފިކްސް ޑައިޕާސް ހޯލްސޭލް ކޮށް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް 9890099 އަދި 9194499 ގުޅައިގެން އޯޑަރު ކުރެވޭނެ އެވެ.