އޭދަފުށީގައި ހުންނަ ރީޖަނަލް ކޮވިޑް ސެންޓަރުގައި އަނެއްކާވެސް ބަލި މީހަކަށް ފަރުވާ ދެމުން ދާކަމުގެ މައުލޫމާތު އީވީއަށް ލިބިއްޖެއެވެ.
ސެންޓަރުގައި ފަރުވާ ދެމުން ގެންދަނީ ކޮވިޑް ބަލި މީހުން ކަރަންޓީނު ކުުރުމަށް ޚާއްސަ ކޮށްފައިވާ ރޯޔަލް އައިލެންޑް ރިސޯޓުން ގެނައި އަންހެނަކަށެވެ.
މިކަން ޔަގީން ކޮށްދެމުން ބ.އަތޮޅު ހޮސްޕިޓަލުން ބުނީ އެމީހާ ރޯޔަލް އިން ގެނެސްފައިވަނީ ޓެސްޓް ހަދަން ކަމަށެވެ. ” ރޯޔަލް އިން އެމީހާ ގެނެސްފައިވަނީ ޓެސްޓް ހަދަން. އެކަން ނިމިއްޖެ. މިރޭ އަނބުރާ ފޮނުވާނުލެވުނީ މޫސުން ގޯސްވެގެން. އެހެންވިޔަސް މާދަަމާ ހެނދުނު ހެނދުނާ އޭނާ ރިސޯޓަށް ފޮނުވާލެވޭނެ.” މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
ބ.ރީޖަނަލް ކޮވިޑް ސެންޓަރުގައި ކުރިންވެސް ވަނީ ކޮވިޑްގެ ބަލި މީހަކަށް ފަރުވާ ދީފައެވެ.
މި ސެންޓަރުގައި އެޑްމިޓްކޮށް ފަރުވާދޭން ހަމަޖެހިފައިވަނީ މި ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންނަށެވެ.