މަރާމާތު ކުރުމަށް ބަންދު ކޮށްފައިވާ ބ.ފިނޮޅު ރިސޯޓުގައި މަސައްކަތަކުރާ ބިދޭސީއަކު ކޮވިޑް -19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެމީހާ އެމީހާ ޕޮޒިޓިވް ވިކަން އެނގިފައިވަނީ މާލެދިއުމުން މާލެއިން ކުރި ޓެސްޓްގެ ނަތީޖާ އިންނެވެ.
ބ.އަތޮޅު ހޮސްޕިޓަލުން ބުނީ މިދިޔަ ފެބްރުވަރީ މަހުން ފެށިގެން ރިސޯޓުގައި މަސައްކަތް ކުރަމުން އައި އެމީހާ މިމަހު 20ގައި މާލެގޮސް ކޮވިޑަށް ޓެސްޓު ކުރިކަމަށާ 23 ގައި ނަތީޖާ ލިބުނުއިރު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދޭ ކަމަށެވެ.
ފިނޮޅުން ޕޮޒިޓިވް ކޭސް އެއް ފެނުމާއެކު މިހާރު ވަނީ އެރިސޯޓަށް އަރާ ފޭބުން މަނާކޮށްފައެވެ.
މި ނަތީޖާ އާއެކު މިހާހިސާބަށް ބ.އަތޮޅުން ކޮވިޑް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 5 އަށް އެރީއެވެ.