ތުޅާދޫގައި އަންހެނަކު ވިހޭދަރިފުޅު މަރުވިމައްސަލަ ބަލަނީ

ތުޅާދޫ

ތުޅާދޫ

ބ.ތުޅާދޫގައި ކައިވެންޏާ ނުލާ 18 އަހަރުގެ އަންހެނަކު ވިހެއުމަށްފަހު ވިހެއި ދަރިފުޅު ފާޚާނާތެރޭގައި މަރުވެފައިއޮއްވާ ފެނުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަން ޔަގީންކޮށްދެމުން ފުލުހުން ބުނީ ތުޅާދޫގައި އަންހެނަކުވިހެއުމަށްފަހު އެދަރިފުޅު މަރުވި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށާއި އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމުގައެވެ.

“މިހާރުވެސް އެރަށުގައި ތިބި ފުލުހުން އެމައްސަލަ ތަހުގީގު ކުރަމުން އެބަދޭ .” މީޑިއާ އޮފިޝަލް ވިދާޅުވިކަމަށް ބައެއް މީޑިއާތަކުން ބުނެފައި ވެއެވެ.

ވިހޭ އަންހެނާއަކީ ރަށުން ސްކޫލް ނިންމާފައި އެގޭފިހާރައިގާ އިންނަ ކުއްޖެއްކަމުގައާއި އެއީ އެކަހަލަ ކަމެއް ކުރާނެކަމަށް އެކަކުވެސް ހީނުރާނެހާ އަޚްލާގު ރަނގަޅު ކުއްޖެއްކަމުގައި ތުޅާދޫން ވާހަކަދެއްކިމީހަކު ބުންޏެވެ.

އޭނާ ބަލިވެއިންކަމާ ވިހޭކަންވެސް އެނގުނީ މިއަދުކަމަށް އެމީހާބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top