ޕީޕީއެމް ގެ ޚާއްސަ އެޑްވައިޒަރަކަށް ކުރީގެ ރައީސް ޑރ. ވަހީދު .

large_159284239032pb4N.jpg

ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރު ކަމަށް ހަމަޖެއްސުމާއެކު، މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަހީދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ޕީޕީއެމްގެ އެޑްވައިޒަރަކަށް އައްޔަން ކޮށްފި އެވެ.

ރައީސް ވަހީދު، މިމަގާމަށް ހަމަޖައްސާފައިވަނީ މިރޭ މ.ދިމްޔާތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އެމަނިިކުފާނުގެ ތަސައްވުރަކީ ވަރުގަދަ ހަރަކާތްތެރި ސިޔާސީ ޕާޓީތަކެއް ރާއްޖޭގައި އޮތުން ކަމަށެވެ. ޕީޕީއެމް ވެގެންދާނީ އެފަދަ ޕާޓީއަކަށް ކަމަށާ ޕީޕީއެމްއަކީ ހުރިހާ ގިންތިއެއްގެ މީހުންނަށްވެސް ފުރުސަތު އޮތް ޕާޓީއަކަށް ވެގެން ދިއުމަކީ އުންމީދެއް ކަމަށެވެ.

ރައީސް ވަހީދު ވިދާޅުވީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވީ ނުހައްގުން ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށާ އެހެން ކަމުން އެމަނިކުފާނަށް އިންސާފު ލިބެން ޖެހޭ ކަމަށެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރައްވާނީވެސް ރައީސް ޔާމީނަށް އިންސާފު ހޯދާ ދެއްވުމަށް ކަމަށް ވިދާޅުވިއެވެ. އަދި ބޭރު ދުނިޔޭގެ ސަމާލުކަމަށް ރައީސް ޔާމީންގެ މައްސަލަ ގެންނެވުމަށްވެސް އިތުރު މަސައްކަތްތައް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ޓިކެޓް ހޯއްދެވުމުގެ ޝައުގުވެރިކަން އެބަހުރިތޯ ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ އިންތިހާބު އޮތީ ވަރަށް ދުރުގައި ކަމަށާ ފޯކަސް އޮތީ ޕީޕީއެމްއަށް ހިދުމަތް ކުރުމަށް ކަމަށެވެ. އަދި ޕީޕީއެމްއަކީ ވަރަށް ޑިމޮކްރަޓިކް ޕާޓީއެއް ކަމަށާ ޕާޓީގެ ކޮންމެ މަގާމަކަށްވެސް ވަޑައިގަތުމުގެ ފުރުސަތު ކޮންމެ ބޭފުޅަކަށްވެސް އޮންނާނެ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނީ އެޑްވައިޒަރު ކަމުގެ މަގާމަށް ވަހީދު ހަމަޖެއްސީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަޝްވަރާގެ މަތިން ކަމަށެވެ.

ވަހީދު 2014 ވަނަ އަހަރުގެ ކުރީކޮޅު ޕީޕީއެމް އަށް ވަނީ ސޮއިކުރައްވައިފަ އެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ކޯލިޝަންގެ އެޑްވައިޒަރަކަށް ވަހީދު ވަޑައިގަތީ އެ ޓީމުގެ ބޭފުޅެއްގެ ގޮތުގައި ކަމަށާއި އެއީ ޔާމީންގެ ވެސް ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށެވެ.

ޑޮކްޓަރ ވަހީދު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ، 7 ފެބްރުއަރީ 2012 ގައި، އޭރުގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދިނުމުންނެވެ. 

ދިވެހި ގައުމަށް ޚިދުމަތް ކުރެއްވުމުގެ އިތުރުން ޑޮކްޓަރ ވަހީދަކީ އ.ދ. ގެ މައި އޮފީހުގައާއި، އަދި އެކި ގައުމުތަކުގައި ހުންނަ އ.ދ. ގެ ސަރަހައްދީ އޮފީސްތަކުގައި އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ޚިދުމަތްތެރިއެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top