ގާނޫނު އަސާސީއަށް އިސްލާހު ގެނެސްފި

image_e6OPDbYn3j73fVc.jpg

ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއަށް މިރޭ އިސްލާހު ގެނެސްފިއެވެ.

74މެންބަރުންގެ ވޯޓާއެކު ގެނައި މި އިސްލާހުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވެންދެން މިހާރު ތިއްބެވި ކައުންސިލަރުންނަށް މަގާމުގައި ދެމި ތިބޭނެއެވެ.

ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއްގެ ދަށުން މިފަދަ އިސްލާހެއް ގެންނަން ޖެހުނީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ކައުންސިލްތަކުގެ އިންތިޚާބު ނުބޭއްވި ލަސްވުމާއި ގުޅިގެން ކުރިމަތިވާ ގާނޫނީ ހުރަސްތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.

މިރޭގެ ޖަލްސާގައި ވޯޓުދެއްވާފައި ވަނީ، ވެރިކަންކުރާ އެމްޑީޕީގެ މެމްބަރުންނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރުންނާއި މިނިވަން ބައެއް މެމްބަރުންނެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރަކު މި ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.

ވޯޓަށް އެހުމުގެ ކުރިން އެމެންބަރުން ތިއްބެވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވާ ތަޅުމުން ނެރުމުގައި ހިނގައިދިޔަ ހަމަނުޖެހުމުގައި އޭނާއަށް އަނިޔާވި މައްސަލަ ހުށައަޅަން ފުލުސް އޮފީހުގައެވެ.

އޭނާ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައި ވަނީ، މަޖިލީސް ހިންގުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގަވާފައިވާ ގަވާއިދާ ޚިލާފަށް ގިނަބަޔަކު އެއްވެ އިޖްތިމާއީ ގައިދުރުކަމަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top