ބޯފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ނުކުރެވިހުރި ހުރިހާ ރަށެއްގައި އަންނަ އަހަރު މަސައްކަތް ފަށާނެ : އަމީރު

b_04cqBkaWGny49uqoxNXRyWyqs.jpg

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު --ފޮޓޯ : މަޖިލިސް އިދާރާ

ބޯފެނާއި ނަރުދަމާނެ ނިޒާމް ގާއިމް ނުކުރެވިހުރި ހުރިހާ ރަށެއްގައި އަންނަ އަހަރު މަސައްކަތް ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓާ ބެހޭ ގޮތުން މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.

އަމީރު ވިދާޅުވީ ހުރިހާ ރަށެއްގައި ފެނާއި ނައުދަމާގެ ނިޒާމް ގާއިމް ކުރުމަށް ސައުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ޕީއެސްއައިޕީ ޕްރޮގްރާމްގެ ދަށުން މަސައްކަތް ކުރިއަށް ގެންދަން 2020 ބަޓެޓްގައި އިސްކަން ދީފައިވާނެ ކަމަށާ ދައުލަތުން ރައްޔިތުންނަށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ރައްޔިތުން ހިތްހަމަޖެހޭ ފެންވަރުގެ ހިދުމަތް ދޭން ހިމަނާފައިވާނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ގޮތުގައި 37.54 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ ހުށަހަޅުއްވައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top