އޭދަފުށި ފައިނަލަށް. މަރުހަބާ!

70923172_2828704250515740_6607720486686162944_o-1024x683.jpg

ރާއްޖޭގެ ރަށްރަށުން ޖުމްލަ 66 ޓީމު ބައިވެރިވި ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުގައި ރޭ ށ.ގޮއިދޫ އާ ވާދަކޮށް 3-2 އިން ގޮއިދޫ ބަލިކުރުމަށް ފަހު އޭދަފުށި ޓީމް ފައިނަލަށް ހިނގައްޖެ އެވެ.

މިދިޔަ އަހަރުވެސް އޭދަފުށި ވަނީ މިމުބާރާތުގައި ވާދަ ކޮށްފައެވެ. އެހެންނަމަވެސް ސެމީ ފައިނަލާ ހަމައިން ކެޓީ ޕެނަލްޓީ ޖަހައިގެން މާފަންނު އަތުން ބަލިވުމުންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އޭދަފުށީ ޓީމަށް ލީޑު ނަގައިދިނީ ވިދަމުން އަންނަ ޒުވާން ކުޅުންތެރިޔާ އަބްދުﷲ އަބޫބަކުރެވެ. އެހެންނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޮއިދޫ ޓީމުން ވަނީ ލަނޑެއްޖަހައި ނަތީޖާ އެއްވަރު ކޮށްފަ އެވެ.

ދެވަނަ ހާފުގައި އޭދަފުށީގެ ހައިޝަމް، އިތުރު ލަނޑެއް ޖަހައި ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރައި ދެވަނަ ފަހަރަށްވެސް ގޮއިދޫން ވަނީ އޭދަފުއްޓާ ހަމަހަމަކޮށް 2-2 އަށް ނަތީޖާ ބަދަލުކޮށްލާފަ އެވެ. މި ނަތީޖާއާއެކު މެޗު ނިމިގެން ދާނެކަމަށް ބެލެވުނު ނަމަވެސް މެޗުގެ ފަހު ވަގުތުކޮޅު، އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) ވަނީ އިތުރު ލަނޑެއް ޖަހައި ފައިނަލްގެ ޖާގަ އޭދަފުއްޓަށް ކަށަވަރު ކޮށްދީފައެވެ. އަލީ ފާސިރު (ސެންޓޭ) ގެ އެހީތެރިކަމާއެކު ވައްދާލި މި ގޯލާއެކު ލަސްތަކެއްނުވެ މެޗު ނިމިއްޖެއެވެ.

ރޭގެ މެޗަށް އޭދަފުށީ ޓީމުން ނުކުތީ މުހިއްމު އެއް ކުޅުންތެރިޔާ، އިޝާން އިބްރާހީމް (ސައްޓު) ނުލަ އެވެ.

އޭދަފުށީގެ ހިތްވަރުގަދަ ކުޅުންތެރިން މި މުބާރާތުގެ ފައިނަލަށް ދިއުމަށް ކުރި ހިތްވަރަށާއި ރަށަށް ތިޔަ ހޯދައިދިން ރީތި ނަމަށް ”އޭދަފުށި ވޮއިސް” ގެ ފަރާތުން ތަހުނިޔާ އާއި މުބާރަކްބާދު ރައްދު ކުރަމެވެ. އުއްމީދު ކުރަނީ ރޭ ތިޔަދެއްކި ހިތްވަރާ ބުންވަރު ފައިނަލުގައިވެސް ދައްކައި ރައްޔިތުން ހެއްވާލާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top