މިނިސްޓްރީ އޮފް ޓޫރިޒަމްއާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ޔޫތު މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ ސްޓެޕް އެޕްރެންޓިސްޝިޕްގެ ތިންވަން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މިކަމަށް އެދުމުގެ މުއްދަތު ހަމަވާނީ އަންނަ ޖުލައިމަހުގެ 22ވަނަ ދުވަހުއެވެ.
އަންނަ ސެޕްޓެމްބަރު މަހުފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ ގްރޭޑް ހަތެއް ފުރިހަމަކޮށްފައިވާ އިނގިރޭސިބަހުން ވާހަކަ ދައްކަން އެނގޭ ކުދިންނަށެވެ. ޕްރޮގްރާމްގެ ދިގުމިނަކީ ބާރަ މަސްދުވަހެވެ.
މި ޕްރޮގްރާމްވަނީ މީގެ ކުރިންވެސް ކާމިޔާބުކަމާއެކު ހިންގާ ޒުވާނުންތަކެއް ޓޫރިޒަމް ދާއިރާ އިން ތަމްރީނުކޮށް އެދާއިރާއިން ވަޒީފާވެސް ހޯދައިދީފައެވެ.
ޒުވާނުންނަށް ޓޫރިޒަމްދާއިރާއިން ވަޒީފާލިބޭ ޕްރޮގްރާމްފަށަނީ

މިރިޔަންދޫ