އޭދަފުށި ސާފުކުރުމުގެ މަސައްކަތުގައި ރައްޔިތުންގެ ބައިވެރިވުން ކުޑަ

1001621_347967878639358_1360576874_n.jpg

އޭދަފުށީ ކައުންސިލާއި މިރަށުގައިހުރި ސަރުކާރުގެ އޮފީސްތަކާ ބައެއްކުންފުނިތައް ގުޅިގެން އިއްޔެ ހިންގި ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމްގައި ރައްޔިތުންގެ ބައިވެރިވުން ކުޑަކަމަށް ރަށު ކައުންސިލްގެ މެންބަރަކު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ މި ޕްރޮގްރާމް ނުވަތަ މިމަސައްކަތުގައި ހުރިހާ އެންމެންވެސް ބައިވެރިވުން އެދި ކައުންސިލްގެ ފަރާތުން އަޑުގަދަކުރާގެ ޒަރީއާއިން ކުރީދުވަހު އަންގާފައިވާނެކަމުގައެވެ. އެހެންވީމާ މިހަރަކާތް ހިނގާކަން އެއްވެސްމީހަކަށް ނޭގި އޮންނާނެކަމަށް ގަބޫލު ނުކުރެވޭ ކަމުގައާއި މިޕްރޮގްރާމްގައި ބައިވެރިވުމަށްއެދި ކައުންސިލްގެ ފަރާތުން މިރަށުގައިހުރި އޮފީސް ތަކަށާ ސްކޫލްތަކުގައިވެސް ދަންނަވާފައިވާނޭކަމުގައެވެ. އެހެންނަމަވެސް މިފަދަ އިޖްތިތިމާޢީ ކަމެއްގައިި އެއްބާރުލުން އެންމެބޮޑަށް ދޭންޖެހޭ ފަރާތްތަކުންވެސް އެދެވޭ ގޮތެއްގައި އިޖާބަދީފައިނުވާކަން ހިތާމައާއެކު ފާހަގަކުރެއްވިއެވެ.
ކައުންސިލްމެންބަރު މިހެން ވިދާޅުވިއިރު އޭދަފުށީ ކައުންސިލްގެ ބައެއް މެންބަރުންވެސް މިމަސައްތަށް ހާޒިރުނުވާކަމަށްވެއެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު