ޑރ ޒިޔާދުގެ ނަސޭހަތް: މިންވަރަށް އީމާންވުން

islamic-3710002_960_720.jpg

عَنْ أَبِي الْعبَّاسِ عبْدِ اللهِ بْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ كُنْتُ خَلْفَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَوْمًا، فَقَالَ: (يَا غُلَامُ، إِنِّي أُعَلِّمُكَ كَلِمَاتٍ؛ احْفَظِ اللهَ يَحْفَظْكَ، احْفَظِ اللهَ تَجِدْهُ تُجَاهَكَ، إِذَا سَأَلْتَ فَاسْأَلِ اللهَ، وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللهِ، وَاعْلَمْ أَنَّ الْأُمَّةَ لَوِ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللهُ لَكَ، وَإِنِ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللهُ عَلَيْكَ، رُفِعَتِ الْأَقْلاَمُ وَجَفَّتِ الصُّحُفُ). رواه التِّرمذيُّ، وقالَ:حديثٌ حَسَنٌ صحيحٌ.

وَفِيْ رِوَايَةِ غَيْرِ التِّرْمِذِيِّ: ( احْفَظِ اللهَ تَجِدْهُ أَمَامَكَ، تَعَرَّفْ إِلَى اللهِ فِي الرَّخَاءِ يَعْرِفْكَ فِي الشِّدَّةِ، وَاعْلَمْ أَنَّ مَا أَخْطَأكَ لَمْ يَكُنْ لِيُصِيْبَكَ، وَمَا أَصَابَكَ لَمْ يَكُنْ لِيُخْطِئَكَ، وَاعْلَمْ أَنَّ النَّصْرَ مَعَ الصَّبْرِ، وَأَنَّ الْفَرَجَ مَعَ الْكَرْبِ، وَأَنَّ مَعَ الْعُسْرِ يُسْرًا).

މާނައީ: މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ ބުނު ޢައްބާސްގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއްދުވަހަކު ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނުގެ ފަހަތް ޕުޅުގައި ތިމަންކަލޭގެފާނު އިންނެވީމެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. އޭކޮއިފުޅާއެވެ. ހަމަކަށަވަރުން ތިމަންކަލޭގެ ފާނު ތިބާއަށް ކަލިމަތަކެއް އުގަންނަވައިދެއްވަމެވެ.  މާތް ﷲގެ އަމުރުފުޅުތަކާ ނަހީ ތަކަށް ރައްކާތެރިވާށެވެ. އޭރުން ތިބާ  ދުނިޔޭގެ އާފަތް ތަކުން ރައްކާތެރި ކޮށްދެއްވާނެއެވެ. ތިބާ ކަމަކަށް އެދެންޏާ މާތް ﷲގެ ޙަޟްރަތުން އެދޭށެވެ. ކަމަކަށް ވާގިއެދެންޏާ މާތް ﷲގެ ޙަޟްރަތުން ވާގި އެދޭށެވެ. މުޅިއުންމަތް އެކުގައި ތިބާއަށް ފައިދާ އެއްހޯދައިދިނުމަށް އެކުގައި މަސައްކަތް ކުރި ކަމުގައި ވިޔަސް މާތް ﷲ ލިޔުއްވާފައިވާ ކަމަކުން މެނުވީ އެމީހުންނަށް ތިބާއަށް ފައިދާއެއް ނުކޮށްދެވެނެއެވެ. އަދި ތިބާއަށް ގެއްލުމެއްދޭން އެއްވިކަމުގައިވިޔަސް މާތް ﷲ ލިޔުއްވާފައިވާ ކަމެއްމެނުވީ އެމީހުންނަށް ތިބާއަކަށް ނުދެވޭނެއެވެ. ގަލަންތައް އުފުލިގެންވެއެވެ. ލިޔެވުނު ފަތްފުށްތައް ހިކިއްޖެއެވެ.”

އިމާމް ތިރްމިޛީ ގެ ރިވާޔަތެއްގައިވެއެވެ. “މާތް ﷲގެ އަމުރުފުޅުތަކާ ނަހީ ތަކަށް ރައްކާތެރިވާށެވެ. ތިބާގެ ކުރިމަތިން އެކަލާނގެ ތިބާއަށް ސަލާމަތްތެރިކަން ދެއްވުމާ ނަޞްރުދެއްވުމާއިގެ އެކަލާނގެ ވޮޑިގެންވާތަން ދެކޭނޫއެވެ. އަދި އެކަލާނގެ އަމުރުފުޅުތަކާ ނަހީތަކަށް ތިބާ ތަނަވަސްކަމުގައި ފަރިތަވެގެން ހުންނާށެވެ. ތިބާ ގެ ދަތި އުނދަގޫ ޙާލަތުގައި އެކަލާނގެ ތިބާ ދެނެވޮޑިގެންވާނެއެވެ. އަދި ދަންނާށެވެ! ތިބާއަށް ނުޖެހި ފަހަނަޅައި ދިޔަކަމެއް ތިބާއަށް ޖެހުނުކަމަކަށް ނުވާހުއްޓެވެ. އަދި ތިބާއަށް ޖެހިއްޖެކަމެއް ތިބާއަށް ނުޖެހި ފަހަނަޅައި ދިޔަކަމެއްކަމުގައި ނުވެއެވެ. އަދި ދަންނާށެވެ! ހަމަކަށަވަރުން ނަޞްރުލިބުންވަނީ ކެތްތެރިކަމާއެކުގައެވެ. ހަމަކަށަވަރުން ހިތާމަތައް ފިއްލެވުންވަނީ މޮޅިވެރިކަމާއެކުގައެވެ. ހަމަކަށަވަރުން ދަތިކަމާއެކު ފަސޭހަކަންވެއެވެ.”

ޙަދީޘް ލިބިގަންނަވިފިލާވަޅު

  • މާތް ﷲގެ އަމުރުފުޅުތަކާ ނަހީ ތަކަށް ރައްކާތެރިވުމުން ދުނިޔޭގެ އާފަތް ތަކުން ރައްކާތެރި ކޮށްދެއްވާނެ
  • ދުނިޔެމަތީގައި ދިމާވާ ކޮންމެ ކަމަކީ އިމްތިހާނެ
  • ދަތި އުނދަގޫ ޙާލަތުގައި އެކަލާނގެ ތިބާ ދެނެވޮޑިގެންވާނީ ރަގަޅު ހާލަތުގައި ތިބާ ﷲ އެންގެވިގޮތަށް އުޅޭނަމަ
  • ނަޞްރުލިބުންވަނީ ކެތްތެރިކަމާއެކު
  • ދުނިޔެހިގާ ނިޒާމާމެދު ވިސްނާފިކުރު ކުރުމަކީ ބުއްދިވެރިންގެ ގޮތް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top