ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

sato-petrol.jpg

ސަރުކާރު ހިއްސާވާ ކުންފުނި އެސްޓީއޯއިން ވިއްކަމުން ގެންދާ ޑީސަލާއި ޕެޓްރޯލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ.

އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު އެންމެ ފަހުން ބޮޑުކޮށްފައި ވަނީ މިދިޔަ މާޗް 15 ގަ އެވެ.

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކުރުމާއެކު މިއަދުން ފެށިގެން ޕެޓްރޯލް ލިޓަރެއް ގަންނަން ލިބޭނީ ލިޓަރަކުން 70ލާރި ބޮޑުކޮށް 11.49ރ. އަށެވެ. މީގެ ކުރިން ޕެޓްރޯލް ލިޓަރެއް ވިއްކަމުން ގެންދިޔައީ 10.79ރ. އަށެވެ.

ޑީސަލް ލިޓަރެއް މިއަދުން ފެށިގެން ގަންނަން ލިބޭނީ ލިޓަރަކުން 50ލާރި ބޮޑުކޮށް 12.11ރ. އަށެވެ. މީގެ ކުރިން ޑީސަލް ލިޓަރެއް ވިއްކީ 11.61ރ. އަށެވެ.

އެސްޓީއޯއިން ބުނީ ތެލުގެ އަގުތަކަށް މި ބަދަލު ގެންނަން ޖެހުނީ، އޯޕެކުން ތެޔޮ އުފައްދާ މިންވަރު ދަށްކުރުމާއި އީރާނުން އުފައްދާ ތެޔޮ ގަންނަ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން މިދިޔަ މާޗް މަހުން ފެށިގެން ތެލުގެ އަގު ބޮޑުވަމުން ދާތީ އެ ކުންފުންޏަށް ތެޔޮ ގަންނަންލިބޭ އަގު ބޮޑުވުމުން ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top