މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް

DSCN5454-800x494-800x494.jpg

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން، މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން އިބްރާހީމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާއަކީ ބަންދު ދުވަހެއް ކަމުގައި ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ.

މާދަމާއަކީ ބަންދު ދުވަހެއްގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުވެސް ރައީސް އޮފީހުން ބަޔާނެއް އާއްމުކުރިއެވެ. އެ ބަޔާނުގައި ބުނެފައި އޮތީ ރައީސުލް ޖުމްހޫރިއްޔާ އެގޮތަށް ހަމަޖެއްސެވީ، ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާގުޅޭ އެކި އެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒިފުންނާއި އާއްމު ރައްޔިތުން ހަރަކާތްތެރިވެފައިވާނެތީ ކަމަށެވެ. ނަމަވެސް އެ ބަޔާން ފަހުން ވަނީ ސައިޓުން ނަގާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top