އެމްޑީޕީ ޕްރައިމަރީ : ތުޅާދޫ ދާއިރާ ހިސާން އަށް. ކެންދޫ ދާއިރާ ލަތީފަށް

50140858_1965314953544362_4683773402358480896_o.jpg

ޕްރައިމަރީ ކާމިޔާބު ކުރެއްވި ޙިސާން އާއި ލަތީފް

އަންނަ މަޖްލިސް އިންތިޚާބަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާ ކެންޑިޑޭޓް ހޮވުމަށް އިއްޔެ ބޭއްވި އެޕާޓީގެ ޕްރައިމަރީގައި ކެންދޫ ދާއިރާ އަހްމަދު ލަތީފް އަދި ތުޅާދޫ ދާއިރާ ޙިސާން ޙުސޭން ކާމިޔާބު ކުރައްވައިފި އެވެ.

ކެންދޫ ދާއިރާގެ އެމްޑީޕީގެ ރައީސް ކަންވެސް ކުރައްވަމުން ގެންދަވާ ދަރަވަންދޫ ލަތީފު މި ޕްރައިމަރީ ކާމިޔާބު ކުރައްވާފައިވަނީ 268 ވޯޓުންނެވެ. އޭނާ އާ އެންމެ ކައިރިން ވާދަކުރެއްވި އިސްމާއިލް އަމީނަށް ލިބުނީ 141 ވޯޓެވެ.

މަޝްހޫރު ގާނޫނީ ވަކީލު ހިސާން ހުސައިން ، ތުޅާދޫ ދާއިރާގެ ޓިކެޓް ކަށަވަރު ކުރައްވާފައިވަނީ ބޮޑު ތަފާތަކުން އޭނާ އާ ވާދަ ކުރެއްވި ރިޔާޒް ބަލިކޮށްގެންނެވެ. ޙިސާނަށް ލިބިވަޑައިގަތީ 586ވޯޓެވެ. ރިޔާޒަށް 202ވޯޓެވެ.

އެމްޑީޕީ ޕްރައިމަރީގައި އޭދަފުށީ ދާއިރާގެ ޓިކެޓު، ކާމިޔާބު ކުރެއްވީ މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު އާރިފް (އާއްޓޭ) އެވެ. އޭނާ އާ އެންމެގާތުން ވާދަކުރެއްވި ހިތާދޫ ޔޫސުފް ގާސިމަށް ލިބުނީ 136 ވޯޓެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top