މިއަހަރު އުމްރާވުމަށް މައްކާއަށްގޮސްހުރި އޭދަފުށީ ފަޅޯމާގޭ އަބްދުއްރަހީމް ހަސަން ނަމާދުކުރަން ހުއްޓައި ނިޔާވެއްޖެއެވެ.
އީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަބުދުއްރަހީމް ނިޔާވެފައި ވަނީ އަންގާރަދުވަހުގެރޭ އިޝާ ނަމާދަށް ހުއްޓައެވެ.
އޭނާ އުމްރާއަށް ދިއައީ ސިސިލްފަރު ހައްޖު އެން އުމުރާ ގްރޫޕްގެ ހަވާލުގައެވެ.
އަބުދުއްރަހީމް ނިޔާވި އިރު އަންބަކާއި 3 ކުދިން ދުނިޔޭގައި އެބަ ތިއްބެވެ. އޭނާ ނިޔާވިއިރު އޭނާގެ އަނބިމީހާ ވެސް ހުރީ އޭނާ އާއި އެކު އުމްރާ ވުމަށް ސައުދީ ގައެވެ.