މަޝްހޫރު ގާނޫނީ ވަކީލު އަދި ހިތާދޫ ، އައްޝައިޚް ހުސައިން ޔޫސުފުގެ ދަރިފުޅު ޙިސާން ޙުސައިން ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރަށް ބ.ހިތާދޫ ދާއިރާ އަށް ކުރިމަތި ލައްވަން ނިންމަވައިފިއެވެ.
މިދިޔަ ދައުރު އޭދަފުށީ ދާއިރާއަށް ކުރިމަތި ލައްވައިބޮޑު ނާކާމިޔާބީއަކާ ކުރިމަތި ލައްވަން ޖެހިވަޑައިގަތް ޙިސާން ތުޅާދޫ ދާއިރާއަށް ކުރިމަތިލައްވާކަން އިއުލާނު ކުރައްވާފައިވަނީ މިއަދު އެކަމަނާ ކުރެއްވި ޓްވީޓެއްގައެވެ.
Thulhaadhoo Dhaairage Majlis godiah kurimathiluma alhugadu ninmaifin.Insaafge magah Dhivehin fashaafaiva masakathugai Thulhaadhoo, Goidhoo, Fulhadhoo adhi Fehendhoo rayithun thamseel kurumuge furusath alhugada dhevaanekama umeedhuko, alhugada thaeedhukohdhevuma edhen. Shukuriyya
— Hisaan 🎈؟ (@hisaanhussain) November 4, 2018
“ތުޅާދޫ ދާއިރާގެ މަޖްލިސް ގޮނޑިއަށް ކުރިމަތިލުމަށް އަޅުގަނޑު ނިންމައިފިން. އިންސާފުގެ މަގަށް ދިވެހިން ފަށާފައިވާ މަސައްކަތުގައި ތުޅާދޫ، ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫ ރައްޔިތުން ތަމްސީލް ކުރުމުގެ ފުރުސަތު އަޅުގަނޑަށް ދެއްވާނެ ކަމަށް އުއްމީދުކޮށް އަޅުގަނޑަށް ތާއިދު ކޮށްދެއްވުން އެދެން.” ހިސާން ގެ ޓްވީޓްގައި ގައި ވިދާޅުވެފައިވެއެވެ.
ހިސާން އަކީ ރައީސް ނަޝީދުގެ ސަރުކާރުގައި އެމަނިކުފާނުގެ ލީގަލް ސެކްރެޓަރީގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ފަހުން ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލުގައި އޮންނެވިއިރު ޤާނޫނީ ވަކީލެއްގެ ގޮތުގައިވެސް އެކަމަނާ ވަނީ މަސައްކަތް ކުރައްވާފައެވެ.
ތުޅާދޫ ދާއިރާގެ އެންމެ އާބާދީ ބޮޑު ރަށް ކަމުގައިވާ ތުޅާދޫ އަކީ އެމްޑީޕީގެ ސަޕޯޓް ބޮޑު ރަށެކެވެ. މަޖިލީހުގެ މިދައުރުގެ ތުޅާދޫ ދާއިރާގެ މެންބަރަކީ ނާޒިމް ރަޝާދު އެވެ.